އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޖުމްހޫރީ މައިދާނުގައި ބުރާސްފަތި ދުވަހު ކުރި މުޒާހަރާތައް ކަވަރުކުރަން ދިޔަ ބައެއް ނޫސްވެރިން ކޮއްޕާ ބިންމައްޗަށް ވައްޓާލާމަންޒަރު ވަނީ ވީޑިއޯތަކުން ގިނަބަޔަކަށް ފެނިފައެވެ. އެމީހުން ކޮއްޕާ ވައްޓާލީ ފުލުހުންނެވެ.
ޝޭހް އިމްރާން
އެ މުޒާހަރާ ކަވަރުކުރަމުން ދިޔަ ބައެއް ނޫސްވެރިން ވަނީ އެންބިއުސާންސް ގައި ހޮސްޕިޓަލަށްވެސް ގެންގޮސްފައެވެ.
މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ ނޫސްވެރިންނާމެދު އަމަލުކުރި ގޮތް ބަލަމުން އަންނަކަމަށެވެ.
އިދިކޮޅު ކޯލިޝަނުގެ އިސްލީޑަރުން ޖުމްހޫރީ މައިދާނުގައި އިށީނދެ މުޒާހަރާ ކުރީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމިން މިނިވަންކުރުމަށް ގޮވާލައެވެ.