ads
ޝެހެނާޒް ގިލް އަދި ރާގަވް ޖުޔާލް
ޝެހެނާޒް ގިލް އާއި ޖުޔާލްގެ ގުޅުމުގެ ހަގީގަތް ފަޅާއަރައިފި
ރާގަވް ޖުޔާލް އާއި ޝެހެނާޒް ގިލް އާއި ރައްޓެހިވެގެން އުޅޭ ކަމަށް ބުނާ ވާހަކަތަކާ ގުޅޭގޮތުން ޖުޔާލް ވާހަކަ ދައްކައި އެކަކަމުގެ ހަގީގަތް ހާމަކޮށްފިއެވެ.

ޖުޔާލް އާއި ޝެހެނާޒް ގިލް އެކުގައި 2022 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ކިސީ ކާ ބައި ކިސީ ކީ ޖާން" ގައި ފެނިގެންދއެވެ. ފިލްމުން ފެނުނު އެ ދެމީހުންގެ ކެމިސްޓްރީގެ ސަބަބުން އެދެމީހުންނަކީ ހަމައެކަނި ރަހުމަތްތެރިން ނޫންކަމަށްބުނެ ގިނަބަޔަކު އަންނަނީ އެ ދެ މީހުން އަޅުވާކިޔަމުންނެވެ.  

ނަމަވެސް އެންމެ ފަހުން ޖުޔާލް ވަނީ އޭނާ އާއި ގިލް އަކީ ހަމައެކަނި "ރަނގަޅު ރަހުމަތްތެރިން" ކަމަށް ބުނެ އެ ދެމީހުން ހިތާވެގެން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. 

"މި ވަގުތު ފޯކަސް މިކުރަނީ ކެރިއަރަށް.  ލޯބީގެ ގުޅުމަކަށް ޝައުގުވެރިކަމެއް މިވަގުތު ނެތް،" ޖުޔާލް އޭނާއާއި ޝެހެނާޒް ގިލް އާއި ގުޅޭގިތުން ވާހަކަ ދައްކަމުން ބުންޏެވެ. 

ޖުޔާލް ބުނީ އޭނާވެސް އަދި ޝެހެނާޒާ ގިލް ވެސް ހުރީ ސިންގަލްކޮށްކަމަށެވެ. ނަަމަވެސް ކޮންމެވެސް ދުވަހަކުން ދެ މީހުންވެސް މީހުންނާ ރައްޓެހިވާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް