ތުލުސްދޫ ކައުންސިލުން ފުލުހުންނަށް ދަތިކުރުމުގެ ފިޔަވަޅެއް އަޅައި ގަރާރެއް ފާސްކޮށްފި
ގުފްތަގް އަޖީރު
22 ޖުލައި 2023 - 11:04:43
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކ. ތުލުސްދޫއަށް ވަޑައިގަންނަވާއިރު، އެރަށުގެ އެއްވެސް ސަރަހައްދެއް ބަންދުކުރެވޭނީ އެރަށު ކައުންސިލުން ހުއްދަ ނައިގެންކަމަށް ތުލުސްދޫ ކައުންސިލުން ނިންމައި ގަރާރެއް ފާސްކޮށްފިއެވެ.
އެ ގަރާރަކީ އެރަށުގެ ފަސް ކައުންްސިލަރުން ސޮއިކުރައްވައި އާންމު ކުރެއްވި ގަރާރެކެވެ. އެ ގަރާރު ހަވާލާ ދީފައިވަނީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބޭ ބާރުގެ މައްޗަށެވެ.
"ތުލުސްދޫގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ އެއްވެސް ސަރަހައްދެއް ބަންދުކޮށް ފުލުހުންގެ ކޯޑަން ޓޭޕް ދަމާ ރައްޔިތުންނަށް ނުވަދެވޭނެހެން ހެދުމަކީ މިކައުންސިލުން ހުއްދަ ލިބިގެން ނޫނީ ފުލުހުން ކޮށްގެންވާނެ ކަމެއްނޫން،" -ތުލުސްދޫ ކައުންސިލް-
އެ ގަރާރުގައި ބުނެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެންޕޭނު ދަތުރުފުޅުތަކުގައި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އަޅާ އެ ބާރު ކަނޑުވާލާ ރައްޔިތުންގެ މަސްލަހަތު ގެއްލޭ ގޮތަށް ރައްޔިތުންނާއި ފުލުހުންނާއި ކުރިމަތިލާ ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ކަންކަން ކުރަމުން އަންނަކަމަށެވެ.
"ރައްޔިތުންގެ މަސްލަހަތު ގެއްލޭ ގޮތަށް ރައްޔިތުންނާއި ފުލުހުންނާއި ކުރިމަތިލާ ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގަމުންދާތީ އެކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. ލާމަރުކަޒީ ގާނޫނުން ލިބިދޭ ބާރުގެ ދަށުން އެ ރަށެއްގެ އަމަންއަމާންކަން ބެލެހެއްޓުމާއި ރަށުގެ މަސްލަހަތު ހިޔާމަތްކޮށް ރައްކާތެރިކުރުމަކީ ކައުންސިލްތަކުން ކުރުން ލާޒިމުކުރުވާ ކަމެއް،" -ތުރުލުސްދޫ ކައުންސިލް-
ތުލުސްދޫ ކައުންސިލްގެ ގަރާރުގައި ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަަަހަރުގެ ޖަލު ހުކުމުގައި ހުންނެވި ރައީސް ޔާމީން މިނިވަންކޮށް، މިނިވަން ވާދަވެރި ރިޔާސީ އިންތިހާބެއް ބޭއްވުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
63%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް