ads
އަހްމަދު އަދީބް
އަދީބު ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭނެ ހުށައަޅައިފި
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ރާއްޖެއިން ބޭރުގައި ކުރައްވަ ބޭސްފަރުވާގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅައިފިއެވެ.

އަދީބް ބޭސްފަރުވާއަށް ފުރާވަޑައިގެންނެވީ ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ ބުނެފައެވެ. އަދީބް ބޭސްފަރުވާއަށް ފުރާ ވަޑައިގެންނެވީ ސިންގަޕޫރަށެވެ. 

އޭނާ ބޭސް ފަރުވާއަށް ފުރީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އޭނާ ރާއްޖެއިން ބޭރުގައި ފަރުވާ ހޯދުމަށް ކަރެކްޝަނުން ދީފައިވަނީ 10 ދުވަހުގެ މުއްދަތެކެވެ.

މިއަދަށް 10 ދުވަސް ހަވާއިރު، ކަރެކްޝަނުން ބުނީ އަދީބްގެ ބޭސްފަރުވާގެ މުއްދަތު އިތުރު ކުރުމަށް ކަރެކްޝަނަށް ހުށަހަޅާފައިވާކަމަށެވެ. ބޭރަށް ފޮނުވާ އެހެން ގައިދީންނެކޭ އެއްގޮތަށް އަދީބުގެ ބޭސްފަރުވާ އިތުރު ކުރުމާއި މެދު ގޮތެއް ނިންމާނީ ކަރެކްޝަނުންގެ މެޑިކަލް ބޯޑުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބް އަދި އިތުރު ޓެސްޓުތައް ހަދަން ޖެހޭތީ ދުވަސްތަކެއް ރާއްޖޭން ބޭރުގައިވާނެ ކަމަށް ބެލެއެވެ. އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އެކަމަށް ދޫކުރައްވާފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއްގައެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ޙުކުމެއް އިއްވާ، 2 މިލިއަން ރުފިޔާއިން ޖޫރިމަނާގެ ހުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރުއެވެ. އެހެންނަމަވެސް، އަދީބުގެ ސިއްހީ ހާލަތު ހުރި ގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ އޭނާ ގޭބަންދަށް ބަދަލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް