އާމިރު މިހެންވިދާޅުވީ ސީއެންއެމްޓީވީގެ އިތުރުކާފް ޕްރޮގުރާމްގައި "ގޮޑި އިތުރުވާގޮތަށް ބޭއްވުން، ގައުމަށްދޭ ބޮޑު ގެއްލުމެއްތަ؟" މި ސުރުހީ އަށް ވާހަކަދައްކަވަމުންނެވެ.
އާމިރު ވިދާޅުވީ ރައްޔިތުންގެ މަޖުލީހަށް ގޮނޑި އިތުރުވާގޮތަށް ބޭއްވުމަކީ ރަނގަޅު ގޮތެއްނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ފައިދާހުރި ގޮތެއް ވެސް ނޫންކަމަށެވެ.
އަދި ގާނޫނު ހެދި ބަޔަކު މަޖުލީހުގެ ގޮޑިތައް އިތުރުވާގޮތަށް ހަދާފައިވަނީ އެއީ ކަންބޮޑުވާ ކަމެއް ކަމަށްވެސް އާމިރު ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމައްޓަކާ 230 ވަނަ މާއްދާގެ، ވަނަ ބާބުގެ ދަށުން ގާނޫނު އަސާސީގައި ބާބެއް ކަނޑައަޅާ ގާނުނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް އެބާރު ލިބިގެންދާ ކަމަށްވެސް އާމިރުވަނީ ވިދާޅުވެފައެވެ.
އަދި ރައީސް މައުމޫން ދުވަސްވަރުގައި ވެސް ރ.ކ.އ ކޮމިޓީތަކެއް އޮތް ކަމަށާއި، އަދިވެސް އިންތިހާބު މި ކުރަނީ އޭރުގައިއޮތް ކެމެޓީތަކާއި އެއްގޮތްތަށް ކަމަށެވެ. މިހާރު ރަނގަޅު ގޮތަކީ ކުޑަ ކަތީބާއި ކަތީބު އިންތިހާބު ކޮށް މުސާރައެއްދީފަ ބޭތިއްބުން ކަމަށާއި، ކައުންސިލްގެ ގޮޑިތައް ގިނަވުމުންވެސް އެކަމުންވި ފައިދާއެއްވެސް ނުފެންނަކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ ޝަކުވާ އަކީ މިއީ ކަމަށާއި، ރައްޔިތުންނަށް ހެވެއްއެދޭނަމަ ކައުންސިލުންގެ އަދަދު މަދު ކުރަންވެސް ޖެހޭ ކަމަށެވެ. ރައްޔިތުންގެ މަޖުލީސް ބޮޑުވަމުން ދިއުމަކީ ރައްޔިތުން ބޭނުންވާ ކަމެއްނޫން ކަމަށް، ކަމަށް އާމިރުވަނީ ތަކުރާރު ކޮށް ވިދާޅުވެފައެވެ.
އާމިރު މިހެން ވިދާޅުވެފައިވާއިރު، ދެން އަންނަ ރައްޔިތުންގެ މަޖިލީހެއްގައި 93 މެންބަރު ތިއްބަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުންނެވެ. 18 ވަނަ މަޖިލީހުގައި ތިއްބެވީ 85 މެންބަރުންނެވެ.
ރާއްޖޭގެ އާބާދީ އިތުރުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް އިތުރު ހަ ދާއިރާ އިތުރުކުރަން ވަނީ ނިންމާފައެވެ. މިގޮތަށް އިތުރުކުރާ ދާއިރާތަކަކީ، މާލޭ ސިޓީ އަށް 2 ގޮނޑި، އައްޑޫ ސިޓީ އަށް 1 ގޮނޑި މާޅޮސްމަޑުލު ދެކުނުބުރި (ބ. އަތޮޅު) އަށް 1 ގޮނޑި، މާލެއަތޮޅަށް 1 ގޮނޑި އަދި ހުވަދުއަތޮޅު އުތުރުބުރި (ގއ. އަތޮޅު) އަށް 1 ގޮނޑި ކަމަށް އިލެކްޝަނުން ބުނެއެވެ.
އީސީން މަޖިލީހުގެ ގޮނޑީގެ އަދަދު ކަނޑައަޅަނީ ދާއިރާތަކުން ވޯޓުލާން ރެޖިސްޓާވާ ނިސްބަތަށް ބަލައިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއް ދެން އޮންނާނީ 2024 ވަނަ އަހަރުއެވެ.