އެނޫސްތަކުގައި ތަފާތު ތާރީހުތަކުގައި ޖަހާފައިވާ ހަބަރުތަކާއި ރިޕޯޓުތަކާ ގުޅިގެން ސައުދުގެ ނޫސްބަޔާނުގައި ބުނެފައިވަނީ މީގެ ދޮޅުއަހަރެއްހާ ދުވަސްކުރިން ވެސް، މިފަހަރު މިހަބަރުފެތުރުމުގައި ވެސް އަޑީގައިތިބި މީހުންކަމަށް ޔަޤީންކުރެވޭމީހުން މިފަދަހަބަރެއް ފެތުރުމާއިގުޅިގެން، އަމިއްލަ ނަފްސުގެދިފާއުގައި އެއީނުކުރާކަމެއްކަމަށް ޔަޤީންކަން ދިނުމުގެގޮތުން އެތައްބައެއްގެ ކައިރީގައި އެފަދަކަމެއް ދުވަހަކުވެސް ނުކުރާކަމަށް މާތްﷲ ގަންދީ ހުވާކޮށްފައިވާނެ ކަމަށެވެ.
ބަޔާނުގައި ސައުދު އިތުރަށް ބުނެފައިވަނީ ކުޑައިރުއްސުރެ (1970 އަހަރުތަކުގެ ތެރެއިންފެށިގެން) މަންމަބަލިކޮށް އުޅޭތީ ފުދުންތެރިކަންހުރި ވަރަކުން ބޭސްކުރަމުންގޮސް ބަލިން ޝިފާދެއްވާތޯ މަންމަގޮވައިގެން ލަންކާ އާއި އިންޑިޔާއަށް އެތައްފަހަރަކުގޮސް އަދި ބެންކޮކުގެ ހޮސްޕިޓަލްގެ ތަފާތުއެކިއެކި ޑޮކްޓަރުންނަށް ދައްކައި އެއިރަކު ހެދެންހުރި އެންމެފަހުގެ ޓެސްޓްތައް ހެދުމުންވެސް ބައްޔެއް ނުފެނި އަދި މަންމަގެބައްޔަށް ޝިފާއެއް ނުލިބި މަންމަ އުޅެމުންދިޔައީ އެވޭނުގައި ކަމަށެވެ. އެގޮތުން ދެތިންފަހަރަކު ފުރާނަދަނީހެންހީވި ފަހަރުތަކެއްވެސް އައިސްފައިވާ ކަމަށެވެ.
އޭގެފަހުން ޢާއިލާގެ އެހެންބައެއް ކުދިންނަށްވެސް އެފަދަ އުނދަގޫތަކެއްވާތީ ޑޮކްޓަރަށް ދައްކައިގެން އެއްވެސް ބައްޔެއް ނުފެނިގެން ރުގްޔާ ކުރާމީހެއް ކައިރިޔަށް ދިޔުމުން އެގުނީ އެއީ ސިހުރަކުން ނުވަތަ ފަންޑިތަވެރިކަމަކުން ދިމާވެގެންއުޅޭ ކަމެއްކަމުގައެވެ. އެކަމަކީ އަޅުގަނޑުމެންގެ ގެ މިހާރު ހުރިތަނަށް ތިނަދޫ އިން މީހުންބޭލުމުގެކުރިން ކޮންމެވެސް ބަޔަކު ހަދާފައިހުރި ކަމެއްގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއްކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
މިކަންތަކުން ނަޖާވެ ޝިފާލިބޭތޯ ކުރެވުނު މަސައްކަތުގައި އެހީތެރިކަންފޯރި ކޮށްދިން ފަރާތްތަކުގެ ތެރޭގައި ތިނަދޫދެކުނުދާއިރާގެ ކުރީގެ މެމްބަރު ގެ ބޭބެ އަދި އެއިރު ސައުދުގެ ޢާއިލާގެ ވަރަށްގާތް ފަރާތެއް ކަމުގައިވާ ތިނަދޫ މަސްޖިދު ޢަލީގެ މުދިމު ޝާޠިރު އަޙްމަދާއި ތިނަދޫއުތުރުދާއިރާގެ މިހާރުގެ މެމްބަރގެ ބައްޕަ އަދި އާއިލާ ޢާއިލާގެ އެންމެން ނުހަނު އިޙްތިރާމްކުރާ އަދި އެހާމެލޯބިވާ ހައްޔުބެ (ޢަބްދުލް ޙައްޔު) ހިމެނޭ ކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ.
ސައުދު ވިދާޅުވެފައިވަނީ އޭނާއާ ބެހޭގޮތުން ފުރާނަޔަށް ނުރައްކާވާފަދަ ދޮގު ހަބަރުތައް އުފައްދައިގެން ފަތުރައި އަބުރުގެއްލުވާލުމަށް މަސައްކަތްކުރި ފަރާތްތަކާއިމެދު ދެދުނިޔޭގައިވެސް ދަޢުވާކުރާނެ ކަމަށެވެ.
ހާއްސަކޮށް ޤިޔާމަތްމަޙުޝަރުގައި މަޢާފުކުރުމެއްނެތި ދަޢުވާ ކުރާނެ ކަމަށާއި، މިހާރުވާނީ ކަމާއިބެހޭ ބައެއް މުއައްސަސާތަކަށް މައްސަލަ ހުށަހަޅައިފައި ކަމަށެވެ. ދެންހުރި މުއައްސަސާތަކަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ސައުދުގެ ބަޔާނުގައިވެއެވެ.