މާރިޔާ މިހެން ވިދާޅުވީ ހުޅުމާލޭ ފޭސް ދޭއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަގަހައެއް ހުޅުވައިދެއްވުމަށްފަހު މިއަދު ވާހަކަ ދައްކަވަމުންނެވެ.
އެ ޖަގަހަ ހުޅުވާދެއްވަމުން މާރިޔާ ވަނީ ރައީސް ޔާމިންގެ ވެރިކަމުގައި ރާއްޖޭގައި ހަމަނުޖެހުން ހިންގުމާއި މާރާމާރީ އޮތް މިންވަރު ހާމަކުރައްވާފައެވެ.
މާރިޔާ ވިދާޅުވީ ރާއްޖޭގައި ފާއިތުވީ ފަސް އަހަރު ދުވަހުގެ ތެރޭގައި އޮތް ހަމަޖެހުން އަދިވެސް ބާއްވަން ބޭނުންނަމަ ރައީސް ސާލިހަށް ވޯޓުލުން މުހިންމުކަމަށެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި ގޭންގުތަކާއި، ހައްދުފަހަނަ އެޅި މީހުންގެ ބާރު އިތުރަށް ގަދަވެގެން ދިޔައަމަށް ސަރުކާރުގެ އިސްވެރިން ވަނީ ތަފާތު ކެންޕޭނު ޖަލްސާތަކުގައި މީގެ ކުރިން ވެސް ފާހަގަކުރައްވާފައެވެ.