ads
ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި-
ރައީސް ޔާމީންގެ ފަރާތުން ސްޕްރީމްކޯޓަށް ދުސްްތޫރީ މައްސަލައެއް ހުށައަޅައިފި
ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިޢުނާފީ މައްސަލަތައް ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އަސާސީ ހައްގުތަކާއި އިންތިހާބި ހައްގުތަކެއް ގެއްލޭތީ ކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތުން ސްޕްރީމްކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައަޅައިފިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ އާދަމް ޝަމީމް ވިދާޅުވީ އިންތިހާބީ ހައްގުތަކަކަށް ހުރަސް އެޅިފައިވާތީ، އެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. 

"ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމަކީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ ކަމަށްވާ ޕީޕީއެމްގެ ގެ ރިޔާސީ ކެންޑިޑޭޓް ކަމުގައިވީހިނދު، ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތައް ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތަކެއް އަސާސީ ހައްގުތަކާއި އިންތިހާބި ހައގުތަކަކަށް ހުރަސް އެޅިފައިވާތީ، އެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިން" - ރައީސް ޔާމިންގެ ގާނޫނީ ވަކީލު އާދަމް ޝަމީމް-

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިިފައި ވާއިރު އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޖަލުގައި އޮތް ނަމަވެސް ކެންޑިޑެންސީ ފޯމް ހުށައަޅާނެކަމަށް ޕީޕީއެމުން ދަނީ ބުނަމުންނެވެ. 

ރިޔާސީ އިންތިހާބަށް ފޯމު ހުށަހަޅަން މާދަމާ 9:00 އިން ފަށައިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 7 ވަނަ ދުވަހުއެވެ. 

44%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
39%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް