ads
ވިކީ
210 ކިލޯ އުފުލަން އުޅުނު ޖަކާޓާގެ ފިޓްނަސް ޓްރެއިނަރެއްގެ ކަރަށް ބަރުވެއްޓި މަރު
ދުއިސައްތަ ދިހަ ކިލޯ އުފުލަން އުޅުނު އިންޑިނޭޝިއާގެ ފިޓްނަސް ޓްރެއިނަރެއްގެ ކަރަށް އޭނާ އުފުލަން އުޅުނު ބަރު ވެއްޓި މަރުވެއްޖެއެވެ.

ޖިމް ޓްރެއިނަރެއް ކަމަށްވާ ޖަސްޓިން ވިކީ މަރުވީ 210 ކިލޯގެ ބަރު ހިފައިގެން ސްކޮޓް ކުރަމުން ދަނިކޮށް ކަރަށް ބަރު ވެއްޓިގެންކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާދިސާ ހިނގާފައިވަނީ އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ ޖިމެއްގައެވެ. 

އޭނާ މަރުވީ ބަރު އުފުލައުގެން ސްކުއަޓްސް ހަދަނިކޮށް އަތުން ބަރު ދޫވެގެން އައިސް އޭނާގެ ކަރުގައި ޖެހުމުގެ ސަބަބުންނެވެ. 

މި ހާދިސާގެ ސަބަބުން ޖިމްތަކުގައި ރައްކާތެރިކަމުގެ މުހިންމުކަން ފާހަގަކޮށްލަންޖެހެއެވެ. ބަރުދަން އުފުލާއިރު ރަނގަޅު ފޯމެއް ބޭނުންކުރުމާއި، ބަރު އުފުލާއިރު އަބަދުވެސް ސްޕޮޓަރެއް ހުރުމަކީ މުހިންމު ކަމެކެވެ. އަދި ވަށައިގެންވާ މާހައުލަށް ސަމާލުކަން ދިނުމާއި، ބަރުދަންތައް ވެއްޓުމުގެ ނުރައްކަލެއް ނެތްކަން ޔަގީން ކުރުން ވެސް މުހިންމެވެ.

ދާދިފަހުން އިންޑިއާގެ ނިއުދިއްލީ ޖިމެއްގައި ޓްރޭޑް މިލެއްގައި ދުވަމުން ދިޔަ މީހަކު ވެސް ވަނީ ކަރަންޓުގައި ޖެހިގެން މަރުވެފައެވެ. 

8%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
54%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް