ads
މިނިވަން ދުވަހުގެ ޖަލްސާއެއްގައި ރައީސް ސާލިހު އަދި އިސްވެރިން
މިނިވަން ދުވަހުގެ ރަސްމީ ބައްދަލުވުން ބުދަ ދުވަހުގެ ރޭ
މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން، ޖުލައި މަހުގެ 25 ވާ އަންގާރަ ދުވަހުގެރޭ ބާއްވަވާ ގޮތަށް ހަމަޖައްސަވައިފިއެވެ.
Advertisement

މިފަހަރު ބައްދަލުވުން ބާއްވަނީ އިސްލާމީ މަރުކަޒު މައިދާނުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ މި ރަސްމީ ބައްދަލުކުރެއްވުމަށް ވަރަށްގިނަ އަދަދެއްގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދައުވަތު ފޮނުއްވަމުންދާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދައުވަތު ފޮނުއްވަމުންދާ މީހުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅުންނާއި ދައުލަތުގެ އިސްވެރިންނާއި ދިވެހި ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެކި ދައުރުތަކުގައި ވަޒީރުކަން ކުރެއްވި ބޭފުޅުންނާއި ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާތަކުގެ އިސްބޭފުޅުންނާއި އެކި ކޮމިޝަންތަކުގެ މެންބަރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. 

ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެންބަރުންނާއި ސިވިލް ސަރވިސްއާއި ކުންފުނިތަކުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

ތިން އަހަރަށްފަހު ރާއްޖޭގައި ކުލަގަދަކޮށް މިނިވަން ދުވަސް ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުން މިނިވަން ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ 25 ޖުލައި އިން ފެށިގެން އޮގަސްޓް 4 އާ ހަމައަށެވެ.

މިނިވަން ދުވަހާއި ގުޅިގެން، "މިނިވަން އުފާ"ގެ ނަމުގައި ކާނިވަލެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް