ads
ރައީސް ޔާމިން އަދި ސަން ސިޔާމް: ފޮޓޯ ޕީއެސްއެމް
ސަންގެ ވަކީލުންނަށް ހާޒިރު ނުވެވިގެން ފުއްގިރި މައްސަލަ ކެންސަލް
ރައީސް ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ފުއްގިރި މައްސަލައިގެ މިއަދުގެ އަޑު އެހުން މިއަދު ވެސް ކެންސަލް ވެއްޖެއެވެ.

ފަޓާސް ބަރިއެއްހެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ފުއްގިރި މައްސަލައިގެ މިއަދުގެ އަޑު އެހުން ކެންސަލްވީ، އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ ސަން ކުންފުނިތަކުގެ ވަކީލުން އެހެން ޝަރީއަތަކަށް ހާޒިރުވާން ޖެހިގެންނެވެ.

މި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ކުރެއެވެ.  

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކި ބަސް ނެގުމުގެ މަރުހަލާއެވެ. އެންމެ ފަހުން އޮތް އަޑު އެހުމުގައި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ދެއްވި ދަބަހެއްގެ ވާހަކަ، ޝަރީއަތަށްވަނީ އައިސްފައެވެ. 

އިންތިހާބަށް ކުރިމަތިލުން މިއަދު ހުޅުވާލާފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުގެ މަސައްކަތް ޕީޕީއެމުންވަނީ ފަށާފައެވެ. އެކަމަކު މިހާރުވެސް ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާތީ މި ވަގުތު ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ޔާމީންގެ ހަމަ ނުވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް