ހަބަރު /
އުއްޗުގެ އުފަން ދުވަސް ފާހަގަކުރުމަށް ހެނބަދޫގައި ބޮޑު އީދެއް!
28 ޑިސެމްބަރ 2019 - 17:57:19
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ މުހައްމަދު މޫސާ އުއްޗުގެ އުފަން ދުވަސް ފާހަގަ ކުރުމަށް ނ. ހެނބަދޫގައި ކުޅިވަރުގެ "ބޮޑު އީދެއް" ފާހަގަކޮށްފި އެވެ.
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ މުހައްމަދު މޫސާ އުއްޗުގެ އުފަން ދުވަސް ފާހަގަ ކުރުމަށް ނ. ހެނބަދޫގައި ކުޅިވަރުގެ ބޮޑު އީދެއް ފާހަގަކޮށްފި އެވެ.
ހެނބަދޫގައި އުއްޗުގެ އުފަންދުސްކަމަށްވާ 25 ޑިސެންބަރު، ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ތަފާތު ކުޅިވަރުތައް ހިމެނެއެވެ. އުފަން ދުވަސް ފާހަގަކުރުމަށް ބޭއްވި ސްޓޭޖު ޝޯގައި ރާއްޖޭގެ ފަންނާނުންގެ އިތުރުން އަވަށްޓެރި ސްރީލަންކާގެ ގްރޫޕެއް ވެސް ޕާފޯމް ކުރި އެވެ. ނ. އަތޮޅުގެ އިތުރުން ހެނބަދޫން ވެސް އައިޓަމެއް ހުށަހެޅީ އެވެ.
މިއުޒިކް ޝޯގެ އިތުރުން އެ ރަށުގެ ޒުވާނުންނާއެކު ފުޓްބޯޅަ މެޗެއް ވެސް ކުޅުނެވެ. އެ މެޗުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ކުޅުއްވި އެވެ. ފުޓްބޯޅަ މެޗުގެ އިތުރުން އެރަށުގައި ބޮޑުޖާފަތެއް ވެސް ދިނެއެވެ.
ދުވަސްފާހަގަ ކުރުމުގެގޮތުން ފުރަތަމަ އޮތީ ފިރިހެންވެރިން ކައްކައިގެން ދޭ ޖާފަތެކެވެ. އެއަށްފަހު ފުޓުބޯޅަ މެޗު ކުޅުން އޮތެވެ. ރޭގަނޑު މިއުޒިކު ޝޯގެ އިތުރުން ބާތުޑޭ ކޭކުފެޅުމާއި ހަވާއެރުވުން ވެސް ކުރިއަށްދިޔައެވެ.
"ޖާފަތް ދިނުމަށް ކެއްކީ އެރަށުގެ ފިރެހެނުން. އަންހެނުންނަށް އޮތީ ކެއުން. ކެއްކުމުގެ ކަންތައް ގެންދިޔައީ އެރަށުގެ އަތިރިމަތީގައި،" އުއްޗުގެ އުފަން ދުވަސް ފާހަގަކުރުމުގެ ކަންތައްތައް ހިނގި އިރު އެރަށުގައި ހުރި އެރަށު މީހަކު ސީއެންއެމް އަށް ބުންޏެވެ.
އޭނާ ބުނީ އުއްޗުގެ އުފަން ދުވަސް އެރަށުގައި ފާހަގަކުރަމުން އަންނަތާ މިހާރު ހަތް އަހަރުވެއްޖެ ކަމަށާއި އެ ދުވަސް ފާހަގަކުރުމުުގައި ރައްޔިތުން ބައިވެރިވަނީ އުފަލާއެކުގަ ކަމަށެވެ.
މަޝްހޫރު ވިޔަފާރިވެރިންގެ އުފަން ދުވަސް ކުލަ ގަދަކޮށް ފާހަގަކުރާއިރު އެ ވިޔަފާރިވެރިޔާ ނިސްބަތްވާ ގައުމުތަކުގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. އަވަށްޓެރި ގައުމުތަކުގައި ވެސް އެ ގައުމުތަކުގެ ވިޔަފާރިވެރިންގެ އުފަން ދުވަހުގެ ދައުވަތުތަކަށް އެގައުމުތަކުގެ ވެރިން ވަޑައިގަންނަވައެވެ.
އުއްޗުގެ އުފަންދުވަސް ފާހަގަކުރުމަށް ކުރީގެ ސަރުކާރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމިންއާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަދަ ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް