ads
އަލިރަސްގެފާނު ޒިޔާރަތް: މިހާރު އަދި ކުރިން
ހެރިޓޭޖާއި ސިޓީ ކައުންސިލުގެ އާރުން: ހުރިހާ ގެއްލުމެއް އަލިރަސްގެފާނު ޒިޔާރަތަށް
ހެރިޓޭޖް މިިނިސްޓްރީން އަލިރަސްގެ ފާނު ޒިޔާރަތް ހުންނަ ސަރަހައްދުގައި ކުރަމުންދިޔަ މަސައްކަތް ސިޓީ ކައުންސިލުން ހުއްޓުވުމާއު ގުޅިގެން، އެ ޒިޔާރަތުގެ އެތެރޭގައި ބައެއް ފާރުތައް ފުނޑުފުނޑުކޮށްލައި ބޭއްވިގޮތައް، އެ ޒިޔާރާތް ތަރައްގީކުރުމުގެ މަސައްކަތް ހުއްޓުމަކަށް އަތުވެއްޖެއެވެ.
Advertisement

ހެރިޓޭޖް މިނިސްޓްރީން މަސައްކަކުރަމުން ދިޔައީ އަލި ރަސްގެފާނު ޒިޔާރަތުގެ ފާރު އެތެރެއަށް ޖައްސައި، އެ ހުސްބިމުގައި ޕާކެއް އެޅުމަށެވެ. 

އެ މަސައްކަތް ހުއްޓިފައި އޮންނަތާ މިއަދަށް ހަތަރު ދުވަސްވެއްޖެއެވެ. ހެރިޓޭޖުން މަސައްކަތް ފަށާފައިވަނީ ޖުލައި 26 ވަނަ ދުވަހަށް މަސައްކަތް ނިންމުމަށް ޓާގެޓު ކަނޑައަޅައިގެންނެވެ.

ނަމަވެސް އެ ޒިޔާރާތުގެ އިންފާރު ތަޅާލައި ޕާކު ހެދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް، އެ މަސައްކަތް ސިޓީކައުންސިލުން ވަނީ ހުއްޓުވާލާފައެވެ. 

އެ ކައުންސިލުން ބުނެފައިވަނީ އެއީ އެ ކައުންސިލުގެ އިހްތިސާސްގައި އޮތް ބިމެއްކަމަށެވެ. 

މި މައްސަލައިގައި ދެ އިދާރާއަށް އެއްގަލަކަށް ނޭރި މަސައްކަތް ހުއްޓިފައި އޮންނަތާ ހަތަރު ދުވަސްތަކެއް ވެއްޖެއެވެ. އެ ޒިޔާރަތުގެ ފާރު ފުނޑުފުނޑުކޮށްލާފައި އޮތުމުގެ ސަބަބުން، އެ ޒިޔާރަތް ބަލާލަން ދާ މީހުންނަށް ވަނީ މިހާރު އެ ފުރުސަތު ގެއްލިފައެވެ. ޒިޔާރަތުގެ ވަށައިގެން މިހަރު ހުރީ ސަތަރިތަކެއްވެސް ދަމާފައެެވެ. އަދި އެތެރެއިން ފެންނަނީ ފުނޑުފުނޑު ވެފައިވާ ފާރުތަކެކެވެ. 

އަލިރަސްގެފާނު ޒިޔާރަތް އާބާތުރަ ފިލުވައި ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ޒިޔާރަތުގެ ފާރުތަކާއި ގޭޓުގައި ކުލަ އާއި ދަވާދުލާ، ދިދަ ދަނޑި މަރާމާތުކޮށް، ކެމެރާ ހަރުކޮށް އަދި އެތަން ޒީނަތްތެރިކުރުމަށް އެމްޑަބްލިޔުއެސްސީއާ ވަނީ މި އަހަރުގެ އޭޕްރިލް މަހު ހަވާލުކޮށްފައެވެ. އެއް އަހަރު ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ މި މަސައްކަތްތަކަކީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ހާއްސަ ލަފައާއި އިރުޝާދާއި އެކު، އެމްޑަބްލިޔުއެސްސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިޔައްގެންދާ މަސައްކަތްތަކެކެވެ.

 

27%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
64%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް