ads
ރިވެލްޝިޕް ގޭގައި މަސައްކަތްކުރަނީ
ތިނަދޫގައި މަހާނައެއް ކޮނުނު ކަމަށް ދެކެވޭ ވާހަކައިގެ ހަގީގަތް!
މިފަހަކަށް އައިސް ސިހުރު ހެދުމަކީ ރާއްޖޭގައި އާންމުވަމުންއަންނަ ބަލިމަޑުކަމެކެވެ. މީހުންނަށް އަނިޔާދީ ގެއްލުން ދިނުމަށާއި، ބިމާއި ގޯއްޗާއި މުދަލުގެ ދަހިވެތިކަމުގެ އިތުރުން ދެމަފިރިން ދުރުކުރުމަށްވެސް ރާއްޖޭގައި ދަނީ ސިހުރު ހަދަމުންނެވެ. މިކަންކަމުން ސަލާމަތްކަން ހޯދައި ރައްކާތެރިކަން ހޯދުމަށްވެސް މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެމަސައްކަތްތަކަށް ނުވަތަ ރުޤްޔާ ކުރާ މީހުން މެދުވެރިކޮށް ޝަރުއީ ރުޤްޔާ ކުރުމަކީ ވެސް މިހާރު ކުރަމުންގެންދާ ކަންކަމެވެ.
Advertisement

ސިހުރުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމަށް ޑޮކްޓަރީ ގޮތުން ކުރެވޭނެ ކަމެއް ނޯންނާތީ ބަލިމީހުން ، ނުވަތަ ބަލިމީހުންގެ އާއިލާއިން ޚިޔާރު ކުރަނީ އެގޮތެވެ. އަދި އެފަދަ ބަލިމީހުން ސަލާމަތް ކުރުމަށް ދީނީ ގޮތުން އޮތް ގޮތަކީވެސް އެއީއެވެ. މީހުން އެގޮތަށް ވިސްނައިގެން އެކަންއެގޮތަށް ކުރަނީވެސް އެހެންވެގެންނެވެ. 

ދާދިފަހުން ގދ.ތިނަދޫ ގަބުރުސްތާނުގެ މަހާނައެއް ކޮނެ ސިހުރު ހަދަން މަސައްކަތް ކޮށްފައިވާކަމަށް ބުނެ ހުވަދުއަތޮޅުގައި ހިންގާ ނޫހަކުންވަނީ ހަބަރު ފަތުރާފައެވެ. އަދި އެކަމުގައި، އެކަމާ ގުޅުން ނެތް ބައެއްގެ ވާހަކަ ވަނީ ފަތުރާފައެވެ. ކަންހިނގި ގޮތް ސީއެންއެމްއިން މިހާރު ވަނީ ހޯދާފައެވެ. 

ކަމުގެ ފެށުން 

މާލޭގައި ދިރިއުޅޭ ތިނަދޫ އާއިލާއެއް ބޮޑަށް ބަލިވިއެވެ. އޭގެ ތެރޭގައި އެގޭ 3 ކުދިންވެސް ހިމެނެއެވެ. އެފަރާތްތަކުން ރުގިޔާކުރާ މީހެއް ކައިރިއަށް ދިޔުމުން އެގުނީ އެއީ ސިހުރަކުން ދިމާވެގެންއުޅޭ ކަމެއް ކަމުގައެވެ. އެއާއިލާގެ ފަރާތުން އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކޮށްދިނުމަށް އެދުނީ ގދ.ތިނަދޫ ރިވެލްފިޝް މުހައްމަދު ޒުބައިރު (ސްވިފްޓް ޒުބައިރު) ގާތުންނެވެ. ޒުބައިރަކީ ސްވިފްޓް ކުންފުނީގެ އެއް ހިއްސާދާރެވެ. 

އާއިލީ ގޮތުން ވަރަށްގާތް ބަޔަކަށްވާތީ ޒުބައިރުއަށް އެކަން ނުކުރުން އެއީ ކުރެވެން އޮތް ކަމަކަށް ނުވިއެވެ. ޒުބައިރު ވިދާޅުވީ އެ ތިން ކުދީންގެ ތެރެއިން އެއް ކުއްޖަކަށްވާ ގޮތް ފެނިއްޖެ ނަމަ ކޮންމެ މީހަކުވެސް ކަރުނައަޅައި ރޯނެ ކަމަށެވެ. އެމަސައްކަތް ޒުބައިރު ފެށީ އެއީ ކުރަން މަޖުބޫރު ކަމެއް ކަމަށް ގަބޫލު ކޮށް، އަދި އެވޭނުގައި އެއާއިލާ އުޅޭތަން ދެކެން ބޭނުން ނުވާތީއެވެ. 

ތިނަދޫގައި މީގެ ކުރީންވެސް ސިހުރުގެ ނުރައްކަލުން ސަލާމަތް ވުމަށްޓަކައި މިފަދަ ކަންކަން ކޮށްފައި ވެއެވެ. އަދި ބައެއް ގޭގޭގެ ބިންގާ ނަގައި ވަރަށް ފުންކޮށްވެސް ކޮނެހަދާފައިވެއެވެ. އެފަދަ ބައެއް ތަންތަން މިހާރުވެސް ތިނަދޫއިން ފެންނަންވެސް އެބަހުއްޓެވެ. 

ޒުބައިރު މަސައްކަތްތައް ކުރިއަށް ގެންދިޔައީ ރާގީ ބުނާ ގޮތަށެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޒުބެއިރު ނިސްބަތްވާ ގެ ކަމަށްވާ ރިވެލްފިޝް ގޭގައެވެ. 

"ދެތަނަކަށް ސިހުރު ހަދާފައިވާ ކަމަށް ފާހަގަ ކުރެވުނީ. ސަހަރާ އާއި ރިވެލްފިޝް ގެއަށް ސިހުރު ހަދާފައިވާކަން ފާހަގަ ކުރެވުނީ . ދެން ވިސްނީ ކޮންތަނަކުންތޯ ފުރަތަމަ ފަށާނީ. ސަހަރާ އަކީ ހައްސާސް ތަނެއްކަމުން އެކަން ފެށުމަށް ނިންމީ ރިވެލްފިޝްގޭގައި" ޒުބައިރު

ޒުބައިރު ވިދާޅުވީ ސަހަރާގައި ކަންކަން ހުރިކަން ފާހަގަ ކުރެވުމުން އެތަން ކޮނެ ހަދާފައި ނުވާނެ ކަމަށާއި، ފުރަތަމަ ބޭނުންވީ ސިހުރު ހަދާފައިހުރިތަން ޔަޤީންކުރުމަށް ކުރަންޖެހޭ ކަންތައް ކުރުމަށްފަހު ބާތިލްކުރަންޖެހޭ ކަންކަން ކުރުމަށެވެ. އަދި އެތާނގައި މަސައްކަތް ކުރާނީ ކައުންސިލުން ހުއްދަ ހޯދުމަށްފަހުގައި ކަމަށެވެ. ޒުބައިރު ބުނެގެން ތިނަދޫގައި މަސައްކަތްތައް ކުރިއަށް ގެންދިޔައީ ސްވިފްޓް ގެ ދެ މުވައްޒަފުން ކަމުގައިވާ ތިނަދޫ ލޯންޑްރީ މުހައްމަދު ޝަފީގުއާއި، މާތިލަ ހަސަން ނަވާޒުއެވެ. 

ޝަފީގު ސީއެންއެމްއަށް ކިޔައިދިން ގޮތުގައި އެމަސައްކަތަކީ ބުރަ މަސައްކަތެއް ކަމަށާއި، ޒުބައިރުގެ އާދޭހާއި، އެއާއިލާއަށް އަޅާ ވޭނުގެ އިހްސާސް ކުރެވޭތީ އެމަސައްކަތް ކުރަމުން ގެންދިޔައީކަމަށެވެ. ސަހަރާއަށް ވަނުމުގެ ކުރީން ރިވެލްފިޝަގޭގައި މަސައްކަތް ކުރަމުން ދިޔައިރު މާލޭގައި ދިރިއުޅެމުންދާ އެއާއިލާގެ އެކި ކުދީންނަށް އެކިވަރުގެ އުނދަގޫތަކާއި، ވޭން ވަނީ ތަހައްމަލު ކުރަން ޖެހިފައެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވަނީ ރިވެލްފިޝްގޭގެ ދެކުނު ފަރާތުން ވަންނަ ދޮރާ ދިމާލުން ފާހަގަ ކުރެވުނު ތަނަކުންނެވެ. ޒުބައިރުއާއި ޝަފީގު ވެސް ބުނީ އެ ސަރަހައްދުގައި މަސައްކަތް ކުރަން ފެށުމާއެކު އެ ކުދީންނަށް އަނިޔާތައް ލިބެމުންދިޔަ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. 

your imageސަހަރާތެރެއިން ފާހަގަ ކޮށްފައިވާ ތަންތަން: މަހާނައެއް ހުރި ހިސާބެއް ނޫން

މިކަމުގައި ތިނަދޫއިން ޒުބައިރުގެ މިމަސައްކަތަށް އެހީތެރިވެދިން ހަސަން ނަވާޒު ބުނީ ޒުބައިރު ގުޅާފައި ސަހަރާގެ ފޮޓޯއެއް ފޮނުވައިދޭން އެދުނު ކަމަށާއި އަދި އެކަން ކުރެވޭނެފަދަ މީހަކު ހޯދައި ދިނުމަށް އެދުނު ކަމަށެވެ. އެހެންވެ ފޮޓޯއެއް ނެގުމަށް މީހަކު ހޯދައިގެން ގެންދިޔަ ކަމަށެވެ. އޭރު އިރު އޮއްސެމުން ދިޔަ ވަގުތަށް ވުމާއެކު ރޭގަނޑު އެތަނަށް ވަނުން އެހާރަނގަޅު ނޫން ކަމަށް ބުނުމުންވެސް ޒުބައިރުގެ އާދޭހާއެކު އެކަން ކުރީ ކަމަށް ނަވާޒު ބުންޏެވެ. 

"އަހަންނަށް އެތަނަށް ވަންނަން ނުކެރިގެން އެތަނަށް ވެއްދީ އެހެން މީހަކު އޭނާ ފޮޓޯ ނަގަން، ފޮޓޯ ނެގީ ސިހުރު ހަދާފައިހުރިތަން ޔަޤީން ކުރުމަށް ކަމަށް ޒުބައިރު ބުނިކަމަށާއި ފޮޓޯ ނަގަން އުޅުމުގެ ތެރޭގައި ޒުހޫރު (އަސްލުނަމެއް ނޫން) އާ ދިމާވީ. ސަހަރާގައި ކީއްކުރަނީތޯ އޭނާ ކުރެން ޒުހޫރު ސުވާލު ކުރުމުން އޭނާ ބުނީ ފޮޓޯއެއް ނެގީ ކަމަށް- ނަވާޒު

އެހެން މިސްރާބަކަށް 

މިމައްސަލަ އެހެން މިސްރާބަކަށް އެނބުރިފައިވަނީ އޮންލައިން ނޫހަކުން ހަބަރު ފަތުރާފައިވާ ގޮތަކުންނެވެ. ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ސައުދުﷲ ހިލްމީގެ އަބުރަށް ހުތުރުވާ ގޮތަށް އެނޫހުން ހަބަރު ފަތުރާފައިވާ ކަމަށް ސައުދުﷲ ވިދާޅުވެއެވެ. 

your imageސައުދުﷲ ހިލްމީ

"އެއްގޮތަކަށްވެސް އަޅުގަނޑާ ގުޅުން ހުރި ކަމެއް ނޫން ތީކީ. އަޅުގަނޑަށް އެނގިގެން ހިނގާފައި ހުރި ކަންކަމެއްވެސް ނޫން. އަޅުގަނޑު މިހާރު ވާނީ ތިމައްސަލަ ފުލުހުންނަށްވެސް ހުށަހަޅާފައި" -ސައުދުﷲ-

މިކަމާ ގުޅޭގޮތުން މައްޔިތާގެ ކަށުކަމާކެމީގެ ކަންކަންކުރި އަދި އެރޭ ސަހަރާއަށްދިޔަ ފަރާތަކުން ބުނެފައިވަނީ، ސަހަރާގެ މަހާނަ ކޮނެ ފެންއަޅާފައިވާކަން ފާހަގަ ކުރެވިފައި ނުވާ ކަމަށާއި، އެވާހަކަ ފެތުރިފައިވަނީ ކިހިނެއް ކަމެއް ނޭނގޭ ކަމަށެވެ. އަދި ތިނަދޫ ކައުންސިލް ރައީސް ފޯން ނުނަންގަވާތީ ކައުންސިލްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ. 

އެވާހަކަ ފެތުރިފައިވަނީ ތިނަދޫގައި ދިރި އުޅެމުންދާ އެހެންރަށެއްގެ މީހެއް ކަމަށްވާ ޒުހޫރު (އަސްލު ނަމެއް ނޫން) ގެ ފަރާތުން ކަމަށް ރަށުތެރޭގައި ވާހަކަ ދެކެވެއެވެ. ޒުހޫރު ބުނީ މިހާރު އެމައްސަލައަކީ ޕޮލިހުން ބަލަމުންގެންދާ މައްސަލައެއްކަމަށާއި، މީހުންގެ ބަޔާންތައްވެސް ނަގަމުންގެންދާ މައްސަލައަކަށް ވުމާއެކު މިވަގުތު މައުލޫމާތު ދޭން އުޒުރުވެރިވާ ކަމަށެވެ. 

އެހެންނަމަވެސް ޒުހޫރު ބުނީ ޕޮލިހުންނަށް އޭނާވެސް މިހާރު ބަޔާން ދީފައިވާ ކަމަށާއި، މަހާނައެއް ކޮންނަނިކޮށް ފެނިފައި ނުވާ ކަމަށެވެ. 

ޒުބައިރު ވިދާޅުވީ ޒުހޫރުއާއި ވާހަކަ ދެއްކި ކަމަށާއި، ފިތުނަވެރިކަމަކަށް މަގުފަހިވާގޮތަށް ވާހަކަތައް ނުފެތުރުމަށް ނަސޭހަތް ދީފައިވާނެ ކަމަށެވެ. 

ސައުދު ވިދާޅުވީ އޮންލައިން ނޫހަކުން ފަތުރާފައިވާ މިހަބަރުތަކާ ގުޅިގެން އޭނާއަށް އެކި ފަރާތްތަކުން ހަޑިހުތުރު ބަހުން މުހާތަބުކޮށް މެސެޖްވެސް ކުރަމުން ގެންދާ ކަމަށެވެ. އެހެންވެ ސައުދު މިހާރު ވަނީ ޕޮލިހުންނަށް އެމައްސަލަ ހުށަހަޅާފައެވެ.

ނޯޓު: މި ރޯޕަށް 23 ޖުލައި 2023 ވަނަ ދުވަހުގެ 9:06 ގައި ވަނީ ކުޑަ ބަދަލެއް ގެެނެވިފައެވެ. ގެނެވިފައިވާ ބަދަލަކީ މި ހަބަރުގައި ހިމެނޭ މީހެއްގެ ނަން ސެންސަރު ކުރުމެވެ. 

50%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް