ads
އަލީ ވަހީދު (ބަލަކް)
ލެގޫންސްގެ ރައްދެއް އަލީ ވަހީދަށް!
ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އަލީ ވަހީދު (ބަލަކް)، އޭނާގެ އެޓޯލްސް ފުޓްބޯޅަ ކްލަބް ލޯންޗު ކުރުމަށް ބޭއްވި ހަފްލާގައި ދެއްކި ވާހަކަތަކަށް ލެގޫންސް ސްޕޯޓްސް ކްލަބުން ރައްދު ދީފިއެވެ.

ލެގޫންސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފަހަކަށް އައިސް އެކި ފަރާތްތަކުން އަންނަނީ އެކްލަބުގެ ނަން އެކި ކަންކަމުގައި ބޭނުންކޮށް، ކްލަބުގެ މެމްބަރުންނާއި ސަޕޯޓަރުންނަށް ކްލަބުގެ ބެލެނިވެރިކަމާއި ގުޅޭ ގޮތުން ސުވާލު އުފެދޭފަދަ ވާހަކަތައް ދައްކަމުން ކަމަށެވެ. 

މީގެ އިތުރުން ލެގޫންސްއިން ވަނީ އެކްލަބުގެ ބެލެނިވެރި ފަރާތަކީ ކްލަބުގެ އެންމެހާ މެމްބަރުން ކަމަށް ބުނެފައެވެ. ކަން މިހެން އޮއްވާ، މި މަހުގެ 20 ވަނަ ދުވަހުގެރޭ އެޓޯލްސް ފުޓްބޯޅަ ކްލަބު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އަލީ ވަހީދު ލެގޫންސް އާއި ހަވާލުވެވެން އޮތް ކަމަށް ބުނެފައިވާއިރު، އެއީ އެކްލަބަށް އެއްވެސް ވަރަކަށް އެނގިފައި ނުވާ ކަމެއް ކަމަށް ލެގޫންސްގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެކަމާއި ގުޅިގެން އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށްވެސް އެބަޔާނުގައިވެއެވެ. 

އެހެންކަމުން، ހަގީގަތް އޮޅޭފަދަ ގޮތަކަށް، ވަކި ފަރާތަކަށް މަންފާއެއް ހޯދުމަށް އެކްލަބުގެ ނަން ބޭނުން ނުކުރުމަށް އެކްލަބުން ވަނީ އެދިފައެވެ. 

އެޓޯލްސް ފުޓްބޯޅަ ކްލަބު ތައާރަފްކުރި ރޭ އަލީ ވަހީދު ވަނީ ލެގޫންސް ފަދަ ކްލަބުތަކާ ހަވާލުވެވޭން އޮތްކަމަށް ބުނެފައެވެ. ނަމަވެސް ވަކި އަމާޒަކަށް ވާސިލުވާން އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ކްލަބެއް ހެދުން ކަމަށްވާތީ އެމަގުން މަސައްކަތް ކުރަނީ ކަމަށް އޭނާ ބުނެފައިވެއެވެ.

15%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
69%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް