ads
ނޫސްވެރިން މީގެ ކުރިން ކުރި މުޒާހަރާއެއްގެ ތެރެއިން
ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ ގައުމީ އިނާމް 2022 އަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މީޑިއާ ކައުންސިލް ކުރި އިއުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ ގައުމީ އިނާމް 2022 އަށް ނަން ހުށަހެޅުމުގެ މުއްދަތު ޖުލައި 25 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމަށެވެ. 

މީޑިޔާ ކައުންސިލުން ނޫސްވެރިކަމުގެ ގައުމީ އިނާމަށް ކުރިމަތި ލުމަށް މީގެ ކުރިން ދިން މުއްދަތު ހަމަވެފައިވަނީ މިއަދުއެވެ. 

މިފަހަރުގެ އިނާމުގައިވެސް ވަނީ ދެ ކެޓަގަރީއަކަށް ބަހާލާފަ އެވެ. އެއީ ބްރޯޑްކާސްޓިން ކެޓަގަރީ އާއި، ނޫސް މަޖައްލާ ތަކުގެ ކެޓަގަރީ އެވެ. މި ދާއިރާތަކުން ޖުމްލަ 12 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. 

އެވޯޑް ދެވޭ ދާއިރާތަކަކީ ތަހުގީގީ ނޫސްވެރިކަން، ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާޢީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ޤާނޫނީ ދާއިރާ، ވިޔަފާރި އާއި އިގުތިސާދު، ކުޅިވަރު، ފޮޓޯ ޖާނަލިޒަމް، ވީޑިއޯ ޖާނަލިޒަމް، ގްރެފިކްސް އާއި އިލެސްޓްރޭޝަންސް، ފީޗާ، އުންމީދީ ނޫސްވެރިޔާ އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް