ads
ހުޅުމާލޭ ސަހަރާ ކައިރީގައި ހިނގި އަލިފާނުގެ ހާދިސާ
ހުޅުމާލޭ ސަހަރާ ކައިރީގައި ހުރި ކުނިތަކެއްގަައި އަލިފާން ރޯވެއްޖެ
ހުޅުމާލޭ ސަހަރާ ހުޅުމާލެ ސަހަރާގެ ދެކުނު ފަރާތުގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެއްޖެއެވެ.

މިހާދިސާގެ މައުލޫމާތު ހުޅުމާލޭ ފަޔަރ ސްޓޭޝަންނަށް ލިބުނީ މިރޭ 21:35 ހާއިރު ކަމަށް އެމްއެންޕީއެފުން މައުލޫމާތުދެއެވެ. 

އަދި އެސަރަހައްދަށް ގޮސް ރޯވި އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. 

މިރޭ ހުޅުމާލޭ ސަހަރާ ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގި އިރު މިއަދު މާލޭ ގެއެއްގައި ގޭސް އެކްސްޕްލޯޝަން އެއްގައި މީގެއްގެ މޫނު ފިހިފައިވާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ މ. ދިލީވިލާ ގައިއެވެ. 

އެ އަންހެން މީހާ ވަނީ މިއަދު ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާގެ މޫނު ފިހިފައިވާކަމަށް ސިފައިން ބުނެއެވެ. 

މީގެ ކުރިންވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ގޭސް ފުޅި ގޮވުމާއި، ގޭސް ލީކުވެފައި ހުއްޓާ އަލިފާން ރޯކުރުމުގެ ސަބަބުން ވަނީ ބައެއް މީހުން ފިހި އަނިޔާވެފައެވެ. 

މިގޮތުން ގއ. ވިލިގިނލީ ގެއެއްގައިވެސް ގޭސްފުޅިއެއްގޮވައި ބަދިގޭގެ ކުޑަދޮރުތައް ފުނޑުފުނޑުވެ މީހަކަށް އަނިޔާވިއެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް