ads
އަލީ ޒާހިރު އަދި ރައީސް ނަޝީދު
ރައީސް ނަޝީދަށް އަލީ ޒާހިރުގެ ހޫނު ރައްދެއް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްދު ސާލިހު 'މުސްކުޅި ވެ ވަޑައިގެންފި' ކަމަށް ދޭހަވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރޭ ޑިމޮކްރެޓްސް ޖަލްސާގައި ވާހަކަ ދެއްކެވުމާއި ގުޅިގެން، އެކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ރައްދުދެއްވައިފިއެވެ.
Advertisement

ރައީސް ނަޝީދު ރޭ ވިދަޅުވެފައިވަނީ ވެރިކަމަކީ ޒުވާން ކަމުގެ ރޫހެއް ކަމަށާއި ވެރިކަން ކުރުމަށް މިހާރު ރައީސް ސޯލިހް ވެސް މުސްކުޅި ވެއްޖެކަމަށެވެ. 

އަލަށް އުފެއްދި ދަ ޑިމޮކްރެެޓްސް އިން ރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ ވެރިކަމަކީ ޒުވާން އިރު ކުރެވޭނެ ކަމެއްކަން އެމަނިކުފާނަށް މިހާރު ވިސްނިވަޑައިގެންފި ކަމަށެވެ. 

"ވެރިކަމަކީ ޒުވާން ކަމުގެ ރޫހެއް. އެއީ ޒުވާންކަމާއި އެކީގައި އަޅުގަނޑުމެންނަށް ކޮށްދެވޭނޭ މަސައްކަތެއް. ޓެކްސްގެ ނިޒާމާ އިޖްތިމާއީ ރައްކާތެރިކަމާ ދަތުރުފަތުރުގެ ނިޒާމާއި ފްލެޓު ދޮންބެއާ މި އެންމެ ކަންކަމަކީ 50 އިން މައްޗަށް އަޅާލީމާ އަލުން ވިސްނައިގެން ގެނެވެސް އޮތް ކަންކަމެއް ނޫން،" -ރައީސް ނަޝީދު-

އަލީ ޒާހިރުގެ ރައްދު:

ރައީސް ނަޝީދުގެ މި ވާހަކަތަކަށް ރައްދު ދެއްވައި އަލީޒާހިރު ވިދާޅުވީ ރައީސް ސާލިހު ދުވާލަކު ގޮތަކަށް ވާހަކައެއް ނުދައްކަވާނެކަމަށެވެ. އަދި ރައީސް ސާލިހަކީ ޒުވާންކަން ދައްކަން ބޮލުގައި ކުލަޖައްސަވާ ބޭފުޅެއް ނޫންކަމަށެވެ. 

"ހަލުވިމަހެއް އުޅޭހެން އަވަސް އަވަހަށް ހަދާނެ ނަހަދާނެއް ނޭނގިގެން ނޫޅުއްވާނެ، ރައްޔިތުންނަށް އޮޅުވާލަން ޚިޔާލީ ވަޢުދުތަކާ ހުސް އުންމީދުތަކެއް ނުދެއްވާނެ، ފުޓްސަލް ދަނޑާ މަލްޓިޕާޕަސް ހޯލްގެ ވާހަކަ، ފްލެޓް، އަޅައިދޭން ރައްރަށުގަ ބައެއް ފެއިލްވެފއަިވާ ސިޔާސީ ބޭފުޅުން ދެއްކެވިހެން ނުދައްކަވާނެ،ފުޓްސަލް ދަނޑާ މަލްޓިޕާޕސް ހޯލު ހުންނާނީ އަޅާފަ، އަދި ކޮބާ ޒުވާންކަން ދައްކަން އިސްތަށިފުޅުގަ ކުލައްވެސް ނުޖައްސަވާނެ، އެތެރެއާ ބޭރު އެއްގޮތްވާނެ، ޑިމޮލްރަސީ ހަޖަމް ކުރައްވާނެ،" - އަލީ ޒާހިރު-

ރައީސް ސާލިހާއި ރައީސް ނަޝީދަކީ ޒުވާން ދުވަސްވަރުން ފެށިގެން ވަރަށް ގާތް ރަހުމަތްތެރިކަމެއް ބޭއްވި ދެ ބޭފުޅުންނެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ދެ ބޭފުޅުންގެ މެދުގައި ކުނިޖެހި ރައީސް ނަޝީދު ވަނީ އެމްޑީޕީ ދޫކުރައްވައި، އެމަނިކުފާނުގެ ސަޕޯޓަރުން އެފެއްދި ދަ ޑިމޮކްރޭޓްސް އާ ގުޅިފައެވެ. 

56%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް