ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް ޕީޓީ އާއެވެ.
ފުނަދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ފުނަދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުން - ފޮޓޯ:ހެލްތު މިނިސްޓްރީ
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ފުނަދޫ ހޮސްޕިޓަލް އިމާރާތުގެ މަސައްކަތަށް 135.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.