ads
ހެލްތު މިނިސްޓަރު ނަސީމް
ދަރިން ޑުރަގާ ދުރުކުރަން މައިންބަފައިން ހޭލުންތެރިކުރަނީ
ދަރިން ޑުރަގާ ދުރުކުރަން މައިންބަފައިންނަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިއަދު ހާމަކުރައްވައިފިއެވެ.

މިނިސްޓަރު މިކަން ހާމަކުރެއްވީ ބ. ތުޅާދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައެވެ. 

"މައިންބަފައިން އެބަޖެހޭ ޑްރަގުގެ ތެރެއަށް އޭނާގެ ދަރިއަކު ވަންނަނީ ކަމުގަ ވަންޏާ އެ ދެނެގަނެވޭނެ ގޮތަކަށް ޓްރެއިންކޮށްދޭން، ކުރީބައިގަ އަތުލައިގަނެވިއްޖިއްޔާ އެކުއްޖަކު ޑުރަގާ ދުރުކުރެވިދާނެ،" -މިނިސްޓަރު ނަސީމް-

މިނިސްޓަރު ވިދާޅުވީ މިއަހަރު ތެރޭގައި އެފަދަ ޕްރޮގްރާމެއް މައިން ބަފައިންނަށް ހާއްސަކޮށް ކުރިއަށް ގެންދަން ފައްޓަވާނެކަމަށެވެ. އެގޮތުން އޮގަސްޓު މަހު ނުވަތަ ސެޕްޓެމްބަރު މަހުގައި އެ ޕްރޮގްރާމް ފަށާނެކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. 

2020 ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވަނީ 1،425 މައްސަލައެވެ. މި މައްސަލަތަކުގެ ތެރެއިން 1،219 މީހުން ވަނީ ބަންދުކޮށްފައެވެ.

ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި އަހަރަކު އެވްރެޖްކޮށް މަސްތުވާތަކެތީގެ މައްސަލަތައް ރިޕޯޓްކޮށްފައިވަނީ 2،000 މައްސަލައެވެ. ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 7،500 އަށްވުރެ ގިނަ އެޑިކްޓުން އެބަތިބިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. 

މާލޭގައި މަސްތުވާތަކެތީގެ ވަބާގެ ނިސްބަތަކީ %6.64 ކަމަށް ލަފާކުރެވޭއިރު، އަތޮޅުތަކުގައި އެ އަދަދު ހުރީ %2.02 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް