ads
ޓީޗަރުންގެ ދުވަސް 2017: ފޮޓޯ ރާއްޖެ
ޓީޗަރުންގެ އާ ސުލޫކީ މިންގަނޑު: ތަފާތު ބަދަލުތަކެއް
މުދައްރިސުންގެ ސުލޫކީ މިންގަނޑަށް ތަފާތު ބަދަލުތަކެއް ގެނެސް މިއަދު ގެެޒެޓްކޮށްފިއެވެ.
Advertisement

އެ އުސޫލުގެ މަގްސަދަކީ މުުދައްރިސުންގެ ފަންނީ އަހުލާގީ އިޖުތިމާއީ ސުލޫކު ހަރުދަނާކުރުމާއެކ،ު ޒަމާނުއްސުރެދިވެހި މުޖުތަމައުގައި ތައުލީމީ ދާއިރާއަށް އޮންނަ ގަދަރާއި އިހުތިރާމު އިތުރުކޮށް ދެމެހެއްޓުން ކަމަށެވެ.

ހަމަ އެހެންމެ މުދައްރިސުންގެ ކިބައިގައި ހުންނަންޖެހޭ ފަންނީ އަހުލާގާއި އާދަތައް ހަރުދަނާކޮށް، ކޮންމެ މުދައްރިސަކީ ވެސް ޒިންމާ އަދާކުރުމުގައި ތެދުވެރި އިހުލާސްތެރި ޒިންމާދާރު އަދި ކަމަށް ކަމޭހިތާ މީހަކަށް ހެދުމާއި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ފެންވަރު ރަނގަޅު ތައުލީމާއި އިސްލާމީ ތަރުބިއްޔަތު ދެވޭނެފަދަ، އުނގެނުމަށް ފަހި މާހައުލެއް ރާއްޖޭގައި ހިންގާ ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި، ކިޔަވައިދޭ އެނޫން ތަންތަނުގައި ގާއިމުކުރުން ކަމަށް ބުނެފައި ވެއެވެ.

އުސޫލުގައި މުދައްރިސުންގެ ސުލޫކީ މިންގަނޑު ބިނާކޮށްފައި ވަނީ ހަތް އަސާސެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ދަރިވަރުންގެ ކަރާމާތާއި ރައްކައުތެރިކަމާއި ތައުލީމީ ދާއިރާގެ އިތުބާރު، ދަރިވަރުންގެ ފަރުދީ ތަފާތުތަކައި، ފަންނީ އަދި ރަސްމީ ގުޅުމާއި، ފަންނީ އަހުލާގާއި، ތެދުވެރިކަމާއި އިހުލާސްތެރިކަން އަދި ޒަމާނާ އެކަށޭނަ އިލްމާއި ފަންނުވެރިކަމެވެ.

އުސޫލުގައި ބުނެފައިވާ ގޮތުން ތައުލީމީ ދާއިރާގެ އިތުބާރު ދެމެހެއްޓުމުގެ ގޮތުން އެއްވެސް މުދައްރިސަކު ދަައުލަތާއ،ި ސަރުކާރާއ،ި މަސައްކަތްކުރާ އޮފީސް ނުވަތަ އިދާރާ ބަދުނާމުވާފަދަ އެއްވެސް އަމަލެއް ކޮށްގެން ނުވާނެއެވެ.

ހަމަ އެހެންމެ ފަންނީ ގުޅުމާއި ރަސްމީ ގުޅުން ދެމެހެއްޓުމުގެ ގޮތުން އެއްވެސް މުދައްރިސަކު މީސްމީޑިއާގައި މުއާމަލާތުކުރުމުގައި އެއްވެސް ފަރާތެއްގެ އިންސާނީ ކަރާމާތަށް އުނިކަމެއް އައިސްދާނެ ނުވަތަ ބަދުނާމުވެ، އަބުރަށް ހުތުރުވެދާނެފަދަ އަމަލެއް ކޮށްގެން ނުވާނެއެވެ.

އޭގެ އިތުރުން ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެފަދަ އަމަލެއް ކޮށްގެން ނުވާނެ ކަމަށާއި އަދި މުދައްރިސެއްގެ ހައިސިއްޔަތުން ދަރިވަރުންނަށ،ް ރިވެތި ނަމޫނާއަކަށް ވުމާއެކު ތިމާގެ އަގުވެއްޓޭފަދ،ަ އެއްވެސް ޢަމަލެއް މީސްމީޑިއާގައި ކޮށްގެން ނުވާނެ ކަމަށް ބުނެފައި ވެއެވެ.

9%
ކަމުގޮސްފި
27%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
45%
ވަރަށް ސަލާމް
ކޮމެންޓްސް