ads
ބާބީ ފިލްމު ބޮއިކޮޓް ކުރަން ރިޕަބްލިކަންގެ ބައެއް މީހުން އަންނަނީ ގޮވާލަމުން
ޓްރަޕަށް ސަޕޯޓުކުރާ ބަޔަކު ބާބީ ފިލްމު ބޮއިކޮޓްކުރަން ގޮވާލައިފި
ގްރެޓާ ގޭރްވިގް ޑައިރެކްޓްކޮށްފައިވާ "ބާބީ ފިލްމު" ބޮއިކޮޓް ކުރުމަށް ގޮވާލާފައިވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓްރަމްޕު ނިސްބަތްވާ، ރިޕަބްލިކަން ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކެއް ގޮވާލައިފިއެވެ.
Advertisement

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ މި ފިލްމަކީ "ވޯކް ޕްރޮޕެގެންޑާ" އެއް ކަމަށާއި "ހައްދު ފަހަނައެޅި ވިސްނުންތަކެއް" ޕްރޮމޯޓުކުރާ ފިލްމެއްކަމަށް ބުނެފައެވެ.

ނަމަވެސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެފައިވަނީ ބާބީ ފިލްމަކީ ކާމިޔާބު ފިލްމަކަށް ވާނެކަމަށް އުންމީދު ކުރައްވާކަމަށެވެ. އަދި އެ ފިލްމަށް އޭނާ ވަނީ ތައުރީފު ވެސް ކުރައްވާފައެވެ. 

"ބާބީ ފިލްމަކީ އަޅުގަނޑު ގޮތައް އެތައް އަހަރުތަކެއް ވަންދެން ކާމިޔާބު ފިލްމަކަށް ވާނެ،" ޑޮނަލްޑް ޓްރަމްޕު ވިދާޅުވިއެވެ. 

ބާބީގެ ރޯލުން މާގޯޓް ރޮބީ އަދި ކެންގެ ރޯލުން ރަޔަން ގޮސްލިންގް ފެނިގެންދާ މި ފިލްމް އިއުލާން ކުރި ފަހުން ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ވަނީ އުފެދިފައެވެ. ބައެއް ފާޑުކިޔުންތެރިން ބުނަނީ ފިލްމުން މުޖުތަމައުއާ ނުގުޅޭ ކަންތައްތަކެއް ފެންނަކަމަށް ތުހުމަތުކޮށްފައެވެ.  

ފިލްމު ބޮއިކޮޓް ކުރުމަށް ގޮވާލާ ރިޕަބްލިކަން ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ މިއީ ކުޑަކުދިންނަށް "ރެޑިކަލް ޖެންޑާ އައިޑިއޮލޮޖީ" "އިންޑޮކްޓްރިނޭޓް" ކުރުމަށް ކުރާ ބޮޑު މަސައްކަތެއް ކަމަށް ބުނެފަ އެވެ. އަދި އެ ފިލްމަކީ "އެމެރިކާއާ ދެކޮޅު" ފިލްމެއް ކަމަށާއި "ކެންސަލް ސަގާފަތް" ޕްރޮމޯޓް ކުރާ ފިލްމެއް ކަމަށް ވެސް އެމީހުން ވަނީ ތުހުމަތުކޮށްފައެވެ.

ބޮއިކޮޓްގެ ސަބަބުން ފިލްމުގެ ބޮކްސް އޮފީހުގެ ޕާފޯމަންސަށް ކުރާނީ ކިހާވަރެއްގެ އަސަރެއް ކަމެއް ސާފެއް ނުވެއެވެ. 

ފިލްމު އުފެއްދި ފަރާތްތަކުން ވަނީ ފިލްމު ދިފާއުކޮށް، އެއީ ހުރިހާ އުމުރެއްގެ ބެލުންތެރިން މުނިފޫހިފިލުވުމަށް ތައްޔާރުކޮށްފައިވާ "މަޖާ" ފިލްމެއް ކަމަށް ބުނެފައެވެ. އަދި މި ފިލްމަކީ ސިޔާސީ ބަޔާނަކަށް ގެންގުޅެން ނިންމާފައިވާ ފިލްމެއް ނޫން ކަމަށް ވެސް އެމީހުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް