ads
ޔޫކްރޭންގެ ފިޓްނަސް ބްލޮގަރު
ޔޫކްރޭންގެ ފިޓްނަސް ބްލޮގަރަކު މުޅި ދުނިޔޭގެ ސަމާލުކަން ހޯދައިފި
ޔޫކްރެއިންގެ ފިޓްނަސް ބްލޮގަރެއް އޭނާގެ ހަށިގަނޑުގައި ފޭކް ލޭ އުނގުޅައިގެން މުޅި ދުނިޔޭގެ ސަމާލުކަން ހޯދައިފިއެެވެ.
Advertisement

ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމާ ދެކޮޅަށް މުޒާހަރާކޮށް ފޭކް ލޭ ޕެކެޓުތަކެއް އޭނާގެ އަމިއްލަ ހަށިގަނޑަށް އަޅާލީ ކާންސް ފިލްމް ފެސްޓިވަލްގައި ރެޑް ކާޕެޓުމަތީގައި ހިނގާފައި ދަމުންނެވެ. 

އިންސްޓަގްރާމްގައި އެއް މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި ޗެރްނޯބައި ރެޑް ކާޕެޓްގައި ހިނގާފައި ވަނީ ޔޫކްރޭންގެ ދިދަ ރަމްޒުކޮށްދޭ ކަޅު އަދި ރީނދޫ ކުލައިގެ ހެދުމެއްގައެވެ. 

ރެޑް ކާޕެޓުގައި ސިޑިއާއި ހަމައަށް ދެވުމާއެކު ހެދުމުގެ ދަށުން ފޭކް ލޭގެ ކޮތަޅުތައް ދަމައިގަނެ އަމިއްލަ ގަޔަށް އޮއްސާލިއެވެ. އެއަށްފަހު އޭނާ ވަނީ "ޔޫކްރޭންގެ މީހުން މަރާލުން ހުއްޓާލާ" މިހެން ގޮވަން ފަށާފައެވެ. 

ސެކިއުރިޓީ ގާޑުން އަވަސް އަވަހަށް ޗެރްނޯބައި ރެޑް ކާޕެޓުން ބޭރަށް އެސްކޯޓްކޮށްގެން ގެންދިޔައެވެ.

އޭނާގެ މައްޗަށް ދައުވާ ނުކުރަން ވަނީ ނިންމާފައެވެ.

ޗެރްނޯބައިގެ މުޒާހަރާއަށް ލިބުނީ ތަފާތު ރިއެކްޝަންތަކެކެވެ. ޔޫކްރޭންގެ ހަނގުރާމައަށް ހޭލުންތެރި ކުރުވުމަށް އޭނާގެ ޕްލެޓްފޯމް ބޭނުން ކުރި ކަމަށް ބުނެ ބައެއް މީހުން ތައުރީފު ކުރިއިރު، ރެޑް ކާޕެޓަށް ބުރޫއަރާ ކަމަށް ބުނެ އަނެއް ބަޔަކު ފާޑުކިޔާފައިވެއެވެ.

46%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
23%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް