ads
ފުވާދު ތައުފީގު އަދި ޑރ. ޝަހީދު
ފުވާދަށް ގައުމުގެ އެންމެ މަތީ ޝަރަފު ހައްގު: ޑރ. ޝަހީދު
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގަށް އޭނާގެ ސާބިތުކަމާއި ނަޒާހަތްތެރިކަމަށްޓަކައި އެންމެ މަތީ ޤައުމީ ޝަރަފް ހައްގު ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

އދ ގެ ސްޕެޝަލް ރެޕެޓުއާކަން ވެސް ކުރައްވާފައިވާ ޑރ. ޝަހީދު މިހެން ވިދާޅުވީ، ފުވާދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާއި ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ. 

"ކޮމިޝަނާ އޮފް އިލެކްޝަންސް ފުވާދު ތައުފީގަށް، އޭނާގެ ސާބިތުކަމާއި ނަޒާހަތްތެރިކަމަށްޓަކައި އެންމެ މަތީ ޤައުމީ ޝަރަފު ހައްގު!،" -ޑރ. އަހުމަދު ޝަހީދު-

ފުވާދުގެ އިތުބާރު ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ހަތަރު މެންބަރުން ބައިވެރިވި ޖަލްސާއެއްގައި ތިން މެންބަރަކު ވޯޓު ދީގެން ވަނީ ފާސްކޮށްފައެެވެ. 

އިތުބާރު ނެތްކަމުގެ ވޯޓު ނެގިއަސް ފުވާދުގެ މަގާމެއް ނުގެއްލޭނެއެވެ. ސަބަބަކީ އިލެޝަންސް ކޮމިޝަނުގް މެންބަރުން ވަކިކުރުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށްކަމަށްވާތީއެވެ. އަދި އީސީގެ ގާނޫނު ބުނާގޮތުން "ކޮމިޝަނުގެ ރައީސްގެ މަގާމު ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވެއްޖެ ކަމަށް ބެލޭނީ، ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމު ހުސްވެއްޖެ ކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުން ނުވަތަ ރައީސާއި ނައިބު ރައީސް އާއި ދެމީހުންކުރެ މީހަކު އެމީހެއްގެ މަގާމުން އިސްތިއުފާދިނުމުން" ނެވެ.

62%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
31%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް