ads
ކަސްޓަމުން މުދާ ކްލިއާ ކުރުމުގެ މަސައްކަތް ކުރަނީ: ކްރިއަ ހިދުމަތް އަވަސްކުރަން ވަކި ޓާމިނަލެއް ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން - ފޮޓޯ:ކަސްޓަމްސް
ކްރިއަ މެދުވެރިކޮށް ގެންނަ މުދާ އިތުރުވާތީ ވަކި ޓާމިނަލެއް
ކްރިއަ މެދުވެރިކޮށް ރާއްޖެ ގެންނަ މުދާ އިތުރުވަމުން ދިއުމާ އެކު، އެ ހިދުމަތް ދިނުމަށް ވަކި ޓާމިނަލެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
Advertisement

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ އޮންލައިން ވިޔަފާރި އިތުރުވެ، ކްރިއަ މެދުވެރިކޮށް ގެންނަ މުދަލުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ކްރިއަ މެދުވެރިކޮށް ގެންނަ ކާގޯ މުދާ ޖެނެރަލް ކާގޯއަށްވުރެ އިތުރުވެފަައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެއާ ކާގޯގެ ކުޑަ ޖާގައިގައި ޖެނެރަލް ކާގޯ އާއި ކްރިއަ މެދުވެރިކޮށް ގެންނަ މުދާ ކްލިއަކުރުން ދަތިކަމަކަށްވެފައިވާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ކްރިއަ ހިދުމަތް ދިނުމަށް ވަކި ޓާމިނަލެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޝަރީފް ވިދާޅުވެފައިވަނީ ކްރިއަ މެދުވެރިކޮށް ގެންނަ މުދާ ކްލިއަކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން ކްރިއަ ކާގޯ ވަކި ޔުނިޓެއް ގާއިމުކޮށް، ވަކި އޮފިސަރުންތަކެއް އެ ޔުނިޓަށް ކަނޑައަޅައިގެން އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން ކްރިއަ ހިދުމަތް ކުރި އާ އަޅާބަލާއިރު އަވަސްވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް އެތެރެކުރާ މުދާ ކްލިއާ ކުރުމުގެ ހިދުމަތް އަވަސްކުރަން ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަނާ ގުޅިގެން މިހާރު ޓައިމް ރިލީޒް ސްޓަޑީސްއެއް ހަދާފައިވާ ކަމުގައެވެ. އެ ސްޓަޑީސް އާއެކު އެހެން މުއައްސަސާއަކުން ލަސްތަކެއް އުޅޭނަމަ އެކަމެއް އެނގި ރަނގަޅުކުރަންވީ ކޮން ހިސާބުތަކަކުންކަން ދެނެގަނެވޭނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ ސްޓަޑީސްއަށް ބެލުމަށް ފަހުގައި މުދާ ކްލިއާ ކުރުމުގެ ހިދުމަތް އަވަސްކުރަން ކުރަމުންދާ މަސައްކަތްތަކަށް އަންނަ އަހަރުގެ ތެރޭގައި ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށެވެ.

މުދާ ކްލިއާ ކުރުމުގެ ހިދުމަތް އަވަސްވުމަކީ ވިޔަފާރިވެރިން މުދާ ގެންނަން ކުރަން ޖެހޭ ހޭދަ ބޮޑުތަނުން ކުޑަކުރެވިގެންދާނެ ކަމެއް ކަން ފާހަގަކޮށް ކަސްޓަމްސްއިން ބުނެފައިވަނީ އެކަމުގެ އެންމެ ބޮޑު ބޭނުމަކީ ވަގުތު ކުޑަކޮށް މުދަލުގެ އަގުހެޔޮކުރުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް