ads
އިސްލާމީ މަރުކަޒުގައި ނަމާދު ކުރަނީ --
މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމުތައް ހުއްޓާލައިފި
ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމުތައް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމުތައް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާ ކަމަށެވެ. 

"މިވަގުތު މިސްކިތްތަކާއި ޢާންމު ތަންތަނުގައި ދަރުސް ދިނުމުގެ ހުއްދަ ދީފައިވާ ހުރިހާ ފަރާތްތަކުންވެސް މި މިނިސްޓްރީއިން އަންގަންދެން، ދަރުސް ދިނުމުގެ ޕްރޮގްރާމްތައް ހުއްޓާލުމަށް ދަންނަވަމެވެ،" އެ ސާކިއުލާގައި ވެއެވެ. 

އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފައި ވަނީ އާޢްމުން އެއްވާ ތަންތަނުގައި ދަރުސް ދިނުމުގެ ބަދަލުގައި މާލެ އާއި އަތޮޅު ތެރޭގައި ތިބި ދީނީ އިލްމުވެރިން މެދުވެރިކޮށް މީޑިއާގެ ވަސީލަތްތަކުން އާއްމުންނަށް ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށެވެ. 

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ރާއްޖެއިން ވަނީ ފެނިފަ އެވެ. އެކަމާ ގުޅިގެން ގިނަ ސަލާމަތީ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް