ads
އަހްމަދު އަދީބް
އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމައިފި
ކުރީގެ ނައިބު ރައީސް އަދި އެމްއެމްޕީއާރުސީ ހިޔާނާތުގެ މޭސްތިރިޔާ، އަހްމަދު އަދީބު އެދިވަޑައިގެންނެވި ގޮތަށް، އޭނާ ސިންގަޕޫރުން ސިއްހީ ފަރުވާ ހޯދުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ކަރެކްޝަނަލް ސާވިސް އިން ނިންމައިފި އެވެ.

ކަރެކްޝަންސް  ކުރި ޓުވީޓެއްގައި ވަނީ 28 އޯގަސްޓުގެ ނިޔަލަށް އަދީބު ސިންގަޕޫރުގައި ހުރުމުގެ ހުއްދަ އިތުރުކޮށްދީފައިވާކަމަށެވެ.

އަދި އެކަން ނިންމީ ހުށަހެޅި މެޑިކަލް ޑޮކިއުމެންޓުތަކަށް ބަލާފައި ކަމަށް ބުނެފައިވެއެވެ.

އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ ނުރައްކާވާ ފަދަ ނާރުގެ ބައްޔަކަށް ފަރުވާ ހޯދުމަށެވެ. 

އެކަމަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް މި މަހުގެ 12 ވަނަ ދުވަހު ސަރުކާރުން ދިނީ 10 ދުވަހުގެ މުއްދަތެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބް އަދި އިތުރު ޓެސްޓުތައް ހަދަން ޖެހޭތީ ދުވަސްތަކެއް ރާއްޖޭން ބޭރުގައިވާނެ ކަމަށް ބެލެއެވެ. އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އެކަމަށް ދޫކުރައްވާފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއްގައެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ޙުކުމެއް އިއްވާ، 2 މިލިއަން ރުފިޔާއިން ޖޫރިމަނާގެ ޙުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރުއެވެ. އެހެންނަމަވެސް، އަދީބުގެ ސިއްޙީ ހާލަތު ހުރި ގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ އޭނާ ގޭބަންދަށް ބަދަލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް