ads
އަހުމަދު ޝިޔާމް / ފޮޓޯ: ޕީޕީއެމް
ރައީސް ޔާމީނުގެ ނަންފުޅު ވޯޓޫ ކަރުދާސްކޮޅުގަ އޮންނާނެ: ޝިޔާމް
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށާއި އެކަމާއި އެއްވެސް ޝައްކެތް ނުކުރައްވާ ކަމަށް ޕީޕީއެމް ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅު ވެއްޖެއެވެ.
Advertisement

ސީއެންއެމް "ތޭވީސް" ޕްރޮގްރާމްގައި ރޭގެ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ޖިނާއީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވިޔަސް ، އިންތިޚާބުގައި ވާދަކުރުމާމެދު ގާނޫނޫން އެއްވެސް ހުރަހެއް ނާޅާ ކަމަށާއި، އެކަމަށް ބާރު ދެނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ތިން ނިންމުމެއް ކަމަށެވެ. 

ނިންމުންތަކުގައި ވާގޮތުން، އިންތިހާބެއްގައި ވާދަކުރުަމަށް ބޭނުންވާ ފަރާތަކަށް ހަމައެކަނި ދަށުކޯޓުން ކޮށްފައިވާ ހުކުމެއްގެ ސަބަބުން އެއްވެސް ހުރަހެއް ނާޅާކަމަށާއި، އަދި އެއީ އިލެކްޝަން ކޮމިޝަނުން ބަލައިގަންނަން ޖެހޭ ޕްރޮސީޑިންގްސް ތަކެއް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެކަމަށް ބުނެ ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފައްދަން މަސައްކަތް ކުރަނީ ސަރުކާރުން ކަމަށާއި، އެހެންނަމަވެސް ކިތަންމެ މަސައްކަތެއް އެގޮތަށް ކުރިކަމަށްވީނަމަވެސް، ޕީީޕީއެމްގެ ސަޕޯޓަރުން އެވާހަކަތައް ގަބޫލުނުކުރާކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމުގެ އެއްމެ ބޮޑު އެއް ހެއްކެއް ކަމަށް ޝިޔާމް ދެއްކެވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނާއި ގުޅުވާއިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަ ފުޅެކެވެ. މިގޮތުން ރައީސް ސޯލިހު، އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ދިމާވާނެ އެއްމެ ބޮޑު ޗެލެންޖަކީ ޕީޕީއެމްކަމަށް ވިދާޅުވިއިރު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީނުކަން ރައީސް ސޯލިހު އަށާއި އެމްޑީޕީގެ ހުރިހާ މެމްބަރުންނަށްވެސް އެނގިލައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމެވެ.

ސީއެންއެމް ތޭވީސް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ޝިޔާމް ވަނީ ޕީޕީއެމް ސެނެޓް ތެރޭގައި ރައީސް ޔާމީނު އިންތިހާބުގައި ވާދަކުރުމާއި މެދު، ސެނެޓް މެމްބަރުންގެ މެދުގައި ޚިޔާލުތަފާތު ވުން އުފެދިފައި އޮތް ކަމަށް ބުނާ ވާހަކަވެސް ދޮގުކޮށްފައި އެވެ. އަދި އެކަހަލަ އެއްވެސް ކަމެއް ނެތްކަމުގެ ޔަގީންކަން ޕީޕީއެމްގެ ހުރިހާ އާއްމު މެމްބަރުންނަށް އަރުވާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި، މިހަފްތާ ތެރޭގައި އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހަޅުއްވާނެކަމަށް ރައީސް ޔާމީނުގެ ކެމްޕެއިން ޓީމުން ވަނީ މިއަދު އިއުލާނު ކުރައްވާފައެވެ. އޯގަސްޓް މަހުގެ 7 ވަނަދުވަހު ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާއިރު، މިހާތަނަށް އަދި އެއްވެސް ފަރާތެއްގެ ފޯމެއް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައެއް ނުވެއެވެ. ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަދުވަހުއެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް