ads
ގއ. ދާންދޫ ޝާހިދާ...
ޒުވާން އެދުރެއް، މުޅި ދުވަހު ކުދިންނަށް ޤުރުއާން ކިޔަވައި ދިނުމުގައި
ޓީޗަރިންގެ ދުވަހުގެ އުފާވެސް އެދުރު ދައިތަ ބޭނުންވޭ!
ކިޔަވައިދޭ އެދުރުދައިތައަކީ ވަރަށް ހާއްސަ މީހެކެވެ. އެއީ އެތައް ކުދިންގެ ތައުލީމުގެ ބާނީއެއްވެސްމެއެވެ. ބައެއްކުދިން މިހާރުވެސް ބުނެއެވެ. އެދުރުދައިތައާއި އެކު ކިޔަވި ކިޔެވުމަކީ ހާދަ އުފާވެރި ހަނދާން ތަކެއް ކަމަށެވެ.
Advertisement

ގއ. ދާންދޫ އުމުރުން 37 އަހަރުގެ ޝާހިދާ ހުސެއިން އަކީވެސް އެދުރު ދައިތައެކެވެ. ޅަ އުމުރުގައި ފެށުނު ގުރުއާން ކިޔަވައިދިނުން ފުޅާވެ މިހާރު ޝާހިދާ ކިޔަވައިދެނީ ގުރުއާން ކުލާސްތަކެއްގެ ގޮތުގަ ގޭގައެވެ.

ޝާހިދާގެ ބުނީ އޭނާ އަށް އެ މަސައްކަތް ފެށުނީ އޭނާގެ މަންމަ އާއި ބައްޕަ އަކީ ގުރުއާން ކިޔަވައިދޭ މީހެއް ކަމަށް ވުމާއިއެކު އުފެދުނު ޝައުގެއްގެ ބޮޑު ކަމުން ކަމަށެވެ. 

your imageގއ. ދާންދޫ ޝާހިދާ ހުސެއިން....

ޝާހިދާ ދުވާލުގެ ހުރިހާވަގުތެއް ވެސް ހޭދަކުރަނީ ކުޑަކުދިންނަށް ގުރުއާން ކިޔަވައިދިނުމުގައިއެވެ. އެގޮތުން ފަތިހު ފަތިސް ނަމާދާއެކު ތެދުވެ ނަމާދު ކުރުމަށްފަހު ޝާހިދާގެ މަސައްކަތަކީ އަވަސް ގޭގައި ކާނެ އެއްޗެއް ރޯފިލުވުމެވެ.

އެއަށްފަހު އަވަސްވެގަންނަނީ ކިޔަވާކުދިން އަންނަންދެނެވެ. ހެނދުނު ކިޔަވައިދޭ ގަޑިއަކީ 7 ބައިން އަށް ގަޑިބައެވެ. މެންދުރު ގަޑިއަކީ މެންދުރު ނަމާދަށްފަހުގައެވެ. އަދި ހަވީރު ގަޑިއަކީ ހަތަރުގަޑި ބައެވެ. 

މިއިން ކޮންމެ ގަޑިއެއްގަވެސް ޝާހިދާ ކުދިންނަށް ކިޔަވައިދިނުމަށްފަހު ވޮށުފިލާ އަޅައިދެއެވެ. މިހާރު ޝާހިދާގެ ކުލާހުގައި 23 ކުދިން ކިޔަވާ ކަމަށް ޝާހިދާ ބުންޏެވެ. ޝާހިދާބުނީ ކުދިންނަށް ގުރުއާން ކިޔަވައިދިނުމަކީ އޭނާ އަށް ލިބޭ އުފަލެއް ކަމަށެވެ. އެހެންކަމުން ކޮންމެ ދުވަހެއްގަވެސް އިރުއަރަނީ ކުދިންނަށް ކިޔަވައިދިނުމުގައި ކަމަށްވެސް ޝާހިދާ ބުންޏެވެ.

ޝާހިދާ ބުނީ ކުދިންނަށް ކިޔަވައިދޭން ފަށަނީ އެކުދިންގެ އުމުރުން 2 އަހަރުފެށުގެން 14 އަހަރުވާން ދެން ކަމަށެވެ. ކިޔަވައިދިނުމުގައި އެންމެ ބޮޑު އުފަލަކީ ކިޔަވެމަަށްފަހުވެސް ވަކިވާ ކުދިންގެ ފަރާތުން ހުންނަ ލޯތްބި ކަމަށް ޝާހިދާ ބުންޏެވެ. 

"ވަރަށް އުފާވޭ ކިޔަވައިދޭ ކުދިން ފެނުނީމަ. އެކުދިން ގޮވާނެ ޝާހިދާއްތަ އޭ ކިޔާފަ. ބުނާނެ ޝާހިދަައްތަ މާރަނގަޅޭ. ޝާހިދާ ބުންޏެވެ.

ޝާހިދާ އަށް  ކުދިންނަށް ގުރުއާން ކިޔަވައިދިނުމުގައިވެސް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ. އެއީ ކުދިން ލިބޭ މިންވަރު ގިނަވުމާއި، އެކުދިން ގެންގުޅެންޖެހެނީ ގޭގެ ސިޓީން ރޫމުގައި ކަމަށްވާތީ ކަމަށް ޝާހިދާ ބުންޏެވެ.

"ވަކިން ކުލާހެއް ހުޅުވުމުގައި ވަރަށް މަސައްކަތް ކުރިން. އެކަމަކު އެކަމެއްނުވޭ އަދި. ގުރުއާން ކިޔަދިނުމުގައި އަބަދުވެސް ދެމި ހުންނާނަން. ޝާހިދާ ބުންޏެވެ.

ގުރުއާން ކިޔަވައި ދިނުމުގައި ގިނަދުވަހެއް ހޭދަކޮށްފައިވާ ޝާހިދާގެ އުއްމީދެއް އެބައޮތެވެ. އޭނާ ބޭނުންވަނީ އޭނާގެ މަންމަ ގެ މަސައްކަތް ދިރުވައި އާލާ ކުރާށެވެ. އަދި ބެލެނިވެރިންގެ ފަރާތުން ވެސް ޝާހިދާ އެދެނީ ކިޔަވައިދިނުން އިތުރަށް ހަރުދަނާ ކުރުމަށް އެއްބާރު ލުންދިނުމަށެވެ.

"ޓީޗަރުންގެ ދުވަސް ފާހަގަކުރަމުންދާއިރު، ވަރަށް އިންތިޒާރުކުރެވޭ އެދުވަހުގެ އުފާވެރިކަން ލިބިގަންގަންނަން. ނަމަވެސް ޓިޗަރުންނާއި ބެލެނެވެރިން ބަހައްޓާ ގާތްކަން އަޅުގަނޑާ ނުބަހައްޓާ. އަޅުގަނޑަކީވެސް ކުދިންނަށް ގުރުއާން ކިޔަވައިދޭ ޓީޗަރެއް." ޝާހިދާ ބުންޏެވެ.

ޝާހިދާ އޭނާގެ ޝުއޫރު ފާޅުކުރަމުން ޓީޗަރުންގެ ދުވަސްވެސް ފާހަގަ ކުރެވޭއިރު އެދުވަހުގެ އުފާ އޭނާ ވެސް ލިބިގަންނަން ބޭނުންވާ ކަމަށް ބުންޏެވެ. ޝާހިދާ ހުރީ ކިޔަވައިދިނުން ހުއްޓާލާކަހަލަ ގޮތަކަށް ނޫނެވެ. ޝާހިދާ ބޭނުންވަނީ އޭނާގެ ސިއްހަތު ތަންދޭ މިންވަރަކުން ކުދިންނަށް ގުރުއާން ކިޔަވައިދިނުމުގައި ދެމިހުންނާށެވެ.

88%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް