ads
ފަލަސްތީނު ސަފީރާއި އިސްލާމިކް މިނިސްޓަރު
ފަލަސްތީނު ސަފީރުގެ ތައުރީފު ރާއްޖޭގެ ޒުވާނުންނަށް
ރާއްޖޭގެ ޒުވާނުން ފަލަސްތީނަށް ކުރާ ތައީދަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އަދި އެކަމަށް ފަލަސްތީނުގެ ރައްޔިތުން ނުހަނު އުފާވެ އެކަމަށް ތައުރީފް ކުރައްވާ ކަމަށް ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަލީދް އަބޫ އަލީއާ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ އާއި ސަފީރު ވަލީދް އަބޫ އަލީއާ އާއެކު ބޭއްވި ބައްދަލުވުމުގައި ސަފީރު ވަނީ ރާއްޖެއާއި ފަލަސްތީނާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހްމަތްތެރި ގުޅުމާއި، ރާއްޖެއިން އަބަދުވެސް ފަލަސްތީނާއިއެކު އޮންނަ އޮތުން ފާހަގަކުރައްވާފައެވެ

އަދި ސަފީރު ވަނީ ފަލަސްތީނުގެ ހައްގު ހޯދުމަށް އެ ގައުމުން ކުރާ މަސައްކަތުގައި ރާއްޖެއިން އެ ގައުމަށްދޭ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

ރާއްޖެއަކީ އަަބަދުވެސް ފަލަސްތީނުދެކެ ލޯބިވާ ރައްޔިތެއް އުޅޭ ގައުމެއް. ހާއްސަކޮށް ރާއްޖޭގެ ޒުވާނުން ފަލަސްތީނަށް ކުރާ ތައީދަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް : ސަފީރު ވަލީދް

ސަފީރުގެ ވާހަކަފުޅުގައި މިއަދު އިސްލާމީ ގައުމުތަކަށް ދިމާވެފައިވާ ހިތާމަވެރިކަންކަމަށް ބައްލަވައި، އިސްލާމީ ގައުމުތަކުން ވިސްނަންޖެހޭ މުހިންމު ކަންތައްތަކަށް ބައްލަވައިލެއްވިއެވެ.

މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ ރާއްޖެއިން އަބަދުވެސް ދެކެނީ ފަލަސްތީނަކީ ވަރަށް ގާތް ގައުމެއްގެ ގޮތުގައި ކަމަށާއި އަބަދުވެސް އެގޮތުގައި ރާއްޖެ ދެމި އޮންނާނެކަމަށެވެ.

އަދި ފަލަސްތީނުގެ މައްސަލަައިގައި އަބަދުވެސް ރާއްޖެއިން ތައީދު ކުރާނީ ފަލަސްތީނަށް ކަމަށްވެސް ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް