ޕްރީ ސީޒަން ޓުއާގައި ޖަޕާނުގައި ކުޅުނު މި މެޗު އެއްވަރުވީ، ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެެއް ނުޖެހިއެވެ. އޮސާކާގައި ކުޅުނު މި މެޗު ބެލުމަށް 25000 އަށްވުރެ ގިނަ މީހުން ސްޓޭޑިއަމަށް ވަދެ ތިއްބެވެ.
ސްޓޭޑިއަމަށް ގޮސް ތިވި 25000 ތެރެއިން ގިނަ މީހުންނަކީ ރޮނާލްޑޯ، މެސީ، އެމްބާޕޭ އަދި ނޭމާ ކުޅޭތަން ދެކިލަން ކުރިން ޓިކެޓް ނެގި މީހުންނެވެ. އެކަމަކު މިމެޗުގައި ކުޅުނީ އެ މީހުންގެ ތެރެއިން ރޮނާލްޑޯ އެކަންޏެވެ.
ޖަޕާނަށް ކުރަމުންދާ ޕްރީ ސީޒަން ޓުއާގައި އަލް ނަސްރު އަދި ޕީއެސްޖީވެސް ޖަޕާނުގެ އޮސާކާ އަދި އިޓަލީގެ އިންޓަމިލާނާ ދެކޮޅަށް ޖަޕާނުގައި ކުޅޭނެއެވެ.