މިއަދު ހެނދުނު 6:00 ގައި އައްޑޫ ސިޓީ ހިތަދޫގެ ސިޓީ ސްކެއަރާ ގައި ބޭއްވެވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން އައްޑޫ ސިޓީގެ މޭޔާ އަލީ ނިޒާރާއި ސިޓީ ކައުންސިލުގެ މެންބަރުންނާއި އައްޑޫ ސިޓީގައި ހުރި ދައުލަތުގެ އެކި މުޢައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އައްޑޫ ސިޓީއަށް ވަޑައިގެންނެވީ ދިވެހިރާއްޖޭގެ ފަހުރުވެރި މިނިވަންދުވަހުގެ މުނާސަބާ ފާހަގަކުރުމަށް އެ ސިޓީގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށްކަމަށް ރައީސް އޮފީހުން ބުނެއެވެ.