ads
އޮސްޓްރޭލިއާ ގޮނޑުދޮށަށް ލައްގާފައިވާ ބޮޑުމަސްތައް
އޮސްޓްރޭލިއާގެ ގޮނޑުދޮށަށް 51 ބޮޑުމަސް ލައްގައި މަރުވެއްޖެ
ހުޅަނގު އޮސްޓްރޭލިއާގެ ގޮނޑުދޮށެއްގައި ތާށިވެގެން 51 ބޮޑު މަސް (ޕައިލެޓް ވޭލް) މަރުވެއްޖެއެވެ.

މަސްތައް ތާށިވެފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ނޭނގުނު ނަމަވެސް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މިއީ މަސްތައް ހިޖުރަކުރާ ގޮތަށް ބަދަލު އައުމާއި ފެނުގެ ފިނިހޫނުމިން ދަށްވުމާއި އަޑުގަދަވުން ފަދަ ގިނަ ކަންތައްތަކެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ވެދާނެއެވެ.

ބޮޑު މަސް ގިނަ އަދަދަކަށް ތާށިވުމަކީ އާންމު ކަމެއް ނޫނެވެ.  މިދިޔަ 50 އަހަރު ތެރޭގައި 1000 އަށް ވުރެ ގިނަ ބޮޑު މަހާއި ކޯމަސް އޮސްޓްރޭލިއާގެ އެކި ސަރަހައްދުތަކުގައި ތާށިވެފައިވެފައިވެއެވެ. 

އޮސްޓްރޭލައާއަށް ލެއްގި މަސްތަކުގެ ތެރެއިން ސަލާމަތް ކުރެވުނީ އެންމެ ފަސް މަހެވެ. 

މިފަދަ ހާދިސާއެއް ދާދިފަހުން އިނގިރޭސި ވިލާތައް ވެސް ވަނީ ކުރިމަތިވެފައެވެ. މިގޮތުން މިމަހުގެ 18 ވަނަ ދުވަހު ނޯތު ޓޮލްސްޓާގެ ޓްރައިގް މޯ ބީޗަށް 55 ބޮޑުމަސް ލެއްގިއެވެ. އޭގެ ތެރެއިން ސަލާމަތް ކުރެވޭ ހާލަތުގައި އޮއްވާ ފެނުނީ 15 މަހެވެ. ބާކީ ހުރި ބައެއް މަސްތައް ދިރިހުރި ނަމަވެސް، ރައްކާތެރިގޮތަކަށް އެތަކެތި މަރާލުމަށް ވަނީ ނިންމާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް