ads
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހޯމް މިނިސްޓްރީ
މިނިވަންކަމުގެ އެންމެ ފުރިހަމަ މިސާލަކީ ގައުމުތަކާއި އޮންނަ ގާތް ގުޅުން: އިމްރާން
ކާބަފައިން ހޯދައިދެއްވި މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލުގެ ވާޖިބެއް ކަމަށާއި މިއަދުގެ ސަރުކާރުން އެ ޒިންމާ ނަގައި މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، އެކަމުގެ އެންމެ ފުރިހަމަ މިސާލަކީ ގައުމުތަކާ އެކު އޮތް ގާތް ގުޅުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ވިދާޅުވީ ދޭދޭ ގައުމުތަކާ އެކު އޮތް ގުޅުންތަކަކީ ރާއްޖޭގެ މިނިވަންކަމުގެ ރަމްޒުކޮށްދޭ ކަމެއްކަމުގައި އެވެ. 

މިއަދުގެ ދުނިޔޭގައި މިނިވަންކަން ގެއްލެނީ ގައުމުތަކާ މެދު ބޭއްވޭ ގުޅުންތަކާ އެކަމުގައި ކަން ކުރެވޭ ނުރައްކާތެރި ގޮތްތަކުގެ ސަބަބުންކަން އިހުސާސް ކުރެވި، ދުނިޔޭގެ ހުރިހާ ގައުމުތަކާއެކު ބޭއްވޭ ސުލްހަވެރި މަތިވެރި ގުޅުންތަކަކީ މިއަދު މި ރާއްޖޭގެ މިނިވަންކަމުގެ ރަމްޒު،" -އިމްރާން-

އެ ގުޅުން އެ ގޮތުގައި ދެމި އޮންނާނީ ރާއްޖޭގެ ފުރިހަމަ ހާރިޖީ ސިޔާސަތު ކަނޑައެޅި، އެ ސިޔާސަތު ދެމެހެއްޓުމުގެޒިންމާ އަދާކުރާ ފަރާތްތަކުގެ ޝަރަފާއި އިއްޒަތް ދެމެހެއްޓިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މިނިވަންކަން ގެއްލިގެންދާ ފަދަ ބައެއް ކަންކަމުުގައި ފަރުވާ ކުޑަކުރާތަން މިހާރު ފެންނަ ކަމަށެވެ. އެކަމާ މެދު ރައްޔިތުން ސަމާލުވެ، އެފަދަ ފިކުރުތަކުން ދުރުވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ދީނުގެ ނަމުގައި އުފެދޭ ހަރުކަށި ފިކުރުތަކާއި ދީނާ ދެކޮޅަށް އުފެދި ބޮޑުވާ ފިކުރުތައް ހުއްޓުވާ މައިތިރި ކުރުމަކީ އެންމެން ގުޅިގެން ކުރަން ޖެހޭ ކަމެއް،" އިމްރާން ވިދާޅުވި އެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު، މި އަހަރުގެ މިނިވަން ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ސަރުކާރުން ނިންމައި ހޯމް މިނިސްޓްރީން ވަނީ މާލެ އާއި ރަށްރަށުގައި ގިނަ ހަރަކާތްތައް ބާއްވަން ރާވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް