އިންޑިޔާ މިޔާމީ، އެޓްލާންޓް ޔުނައިޓެޑު އަތުން މޮޅުވީ ލީގްސް ކަޕުގައި ހަތަރު ލަނޑު ސުން ލަނޑުންނެވެ. މި މެޗުގައި މިޔާމީގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑަކީ ފުރަތަމަ ވިއްސަކަށް މިނިޓް ތެރޭ މެސީ ޖެހި ދެ ލަނޑެވެ.
މެސީ ވަނީ އިންޓަ މަޔާމީ އަށް ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހަފްތާގައި މެޗުގެ ފަހު މިނިޓުގައި ލަނޑު ޖަހާފައެވެ. އެހެންކަމުން މިއަދުގެ ލަނޑުތަކާއެކު ދެ މެޗުން މެސީގެ ލަނޑުގެ އަދަދު ތިނަކަށް އެރީއެވެ. މިދިޔަ ހަފްތާގައި މެސީގެ ފުރަތަމަ މެޗުގައި ލަނޑު ޖެހީ ފަހު މިނިޓުގައި ހިލޭ ޖެހުމަކުން، މެކްސިކޯގެ ކްރޫޒް އަޒުލް ކޮޅަށެވެ.
މެސީއާއެކު މިއަދުގެ މެޗުގައި އިންޓަމިޔާމީގެ އާ ކުޅުންތެރިޔާ ސާޖިއޯ ބުސްކެޓްސް ކުޅުނެވެ. މެސީގެ ފުރަތަމަ ލަނޑަކީވެސް މި މެޗުގައި ސާޖިއޯ ބުސްކެޓްސްގެ އެސިސްޓަކުން ޖެހި ލަނޑެކެވެ.
އެޓަލާންޓާ ޔުނައިޓެޑް އަތުން މޮޅުވުމާއެކު، މެސީ ކުޅޭ އިންޓަ މަޔާމީ ވަނީ، އެމެރިކާ އާއި މެކްސިކޯ ލީގުގެ ކްލަބްތައް ކުޅޭ ލީގްސް ކަޕްގެ ނޮކައުޓް ބުރަށް ދަތުރު ކޮށްފަ އެވެ. ނޮކައުޓް ބުރުގެ ފުރަތަމަ މެޗުގައި އިންޓަ މަޔާމީ ކުޅޭ މެޗު އޮންނާނީ އަންނަ ހަފްތާގައެވެ.