ads
އިދިކޮޅު ކޯލިޝަންގެ މުޒާހަރާއެއްގެ ތެރެއިން
މިނިވަން ދުވަހާ މި ބައްދަލުވީ ހިތްދަތިކަމާއި ބަނަކަމުގެ އިހުސާސާއެކު: އިދިކޮޅު
ދިވެހިރާއްޖޭގެ މިނިވަން ދުވަހާއި ބައްދަލުވީ، ކަޅު އަނދިރިކަމާއި، ހިތްދަތިކަމާއި، ބަނަކަމުގެ އިހުސާސްތައް ކުރުވަމުންކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތު އިދިކޮޅުން ބުނީ، މިނިވަން ދުވަހު ކުރެވެނީ ކަޅު އަނދިރި ކަމުގެ އިހުސާސްކަމަށެވެ.

"ދިވެހީން ފަހުރުވެރިވާ ދިވެހީންގެ މިނިވަން ދުވަހާ ބައްދަލު މި ވަނީ، ކަޅު އަނދިރިކަމާއި، ހިތްދަތިކަމާއި، ބަނަކަމުގެ އިހުސާސްތައް ކުރުވަމުން ކަމަށެވެ. އަދި ގައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ނަގައިލައި، ދިވެހީންގެ މައްޗަށް އިންޑިއާގެ ނުފޫޒު އިންތިހާއަށް ފޯރުވަމުން ގެންދާއިރު މިނިވަންކަމުގެ އިޙުސާސް ކުރެވޭތޯ،" -އިދިކޮޅު ކޯލިޝަން- 

އެ ބަޔާނުގައި ބުނެފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިސްވެ ހުރެ އިންޑިއާގެ އަތްމައްޗަށް ގައުމު ދީލާލާފައިވާކަމަށެވެ. 

"ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައިގެން ކުރަމުން މި ގެންދާ ވެރިކަން ނިމުމަކަށް ގެނެސް ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނެސްގެން މެނުވީ ދިވެހީންގެ ޤައުމު ދިވެހީންނަށް އަނބުރާ ހޯދޭނޭ ގޮތެއް ނެތް،" 

އަދި ދިވެހި ގައުމު އަޅުވެތިކަމުގެ ވިލާތަކެއްގެ ދަށުގައިވާ ކަމަށާއި، ގައުމުގެ މަސްލަހަތު ދިފާޢުކުރުމަށް އެންމެން އެކީ ބާރުލައި މަސައްކަތްކުރުމަށް އަތުގުޅާލުމަކީ، ރައީސް ޔާމީންގެ އެދިވަޑައިގަތުމެއް ކަމަށްވެސް އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ. 

ދިވެހި ރާއްޖޭގައި މިއަދު އަންނަނީ 58 ވަނަ މިނިވަން ދުވަހުގެ މުސާބަތު ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. މި މުނާސަބަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަސްމިއްޔާތުތަކާއި ހެވިކަމުގެ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ރާވާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް