ads
މަހްލޫފު
ޔޫތު ގޭމްސްއިން ވަކިވީ ބަޖެޓް ނެތިގެން ނޫން: މަހްލޫފު
ކޮމަން ވެލްތު ޔޫތު ގޭމްސްއިން ވަކިވީ ބަޖެޓް ނެތިގެން ނޫން ކަމަށް ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

ޓްރިނަޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަ ނުކުރަން ރާއްޖޭން ފަހު ވަގުތު ނިންމައި މުބާރާތުން ނަންވަނީ ނަގާފައެވެ. 

ކޮމަންވެލްތު ޔޫތު ގޭމްސް އޮންނާނީ އަންނަ މަހުގެ 4-11 އަށް ޓްރިނަޑާޑް އެންޑް ޓޮބޭގޯގައެވެ. އެނގިފައިވާ ގޮތުގައި އެ ގޭމްސްގައި ރާއްޖޭން ވާދަ ނުކުރަނީ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ސްޕޯޓްސް މިނިސްޓްރީ އަށް ވެސް ބަޖެޓްގެ ތާށިކަން އުޅޭތީ އެވެ. 

އެހެންނަމަވެސް އެކަމާ ގުޅިގެން މިނިސްޓަރު މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުބާރާތުން ވަކިވީ ބަޖެޓް ނެތިގެން ނޫން ކަމަށެވެ.

ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރި ނުވުމަށް ނިންމީ، ގޭމްސްގައި ބައިވެރިވުމަށް ޓްރިނިޑާޑް އެންޑް ޓޮބޭގޯއަށް ދިއުމަށް ކުރަންޖެހޭ ޚަރަދު އިންތިހާއަށް ބޮޑުވެފަ އަދި މިގޭމްސްއިން އެއްވެސް ނަތީޖާއެއް ނެރުމަކީ ވަރަށް ދުރު ކަމެއްކަމަށް ވުމާއެކު، އެފައިސާއިން އައި.އޯ.އައި.ޖީ އަށް ޓީމުތައް ތައްޔާރުވުންމުން ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް ޔޫތު މިނިސްޓްރީ، އޮލިމްޕިކް ކޮމިޓީ އަދި އެސޯސިއޭޝަންތަކަށް ގަބޫލުކުރެވޭތީ.

ކޮމަން ވެލްތް ޔޫތު ގޭމްސްގައި ބައިވެރިނުވާން ފަހު ވަގުތު ނިންމިއިރު، ކޮމަންވެލްތު ޔޫތު ގޭމްސް އަށް އޮލިމްޕިކް ކޮމިޓީން ރާއްޖޭގެ ޗެފް ޑި މިޝަންގެ ގޮތުގައި މަސައްކަތްކުރަން ކުޅިވަރުގެ ދާއިރާގައި ގިނަ މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާ އައިމިނަތު އަލީ (އައިންތު) ވަނީ ހަމަ ޖައްސާފައެވެ.

އޮލިމްޕިކް ކޮމިޓީން ބުނީ މުބާރާތުގައި ވާދަ ނުކުރަން ނިންމަން ޖެހުމަކީ ހިތާމަވެރި ކަމެއް ކަމަށާއި ނަމަވެސް ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ފުރުސަތުތަކެއް ހޯދައިދިނުމުގައި ކުރަމުން އަންނަ މަސައްކަތް އިތުރަށް ރަނގަޅަށް ކުރިއަށްގެންދާނެ ކަމަށެވެ.

ރާއްޖޭން މިއަހަރުގެ ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަ ނުކުރާން ނިންމިއިރު، ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ މުބާރާތަށް ދާ ގައުމީ ސްކޮޑް ވެސް އިއުލާން ކޮށްފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް