ads
މަރިޔަން ނިޝާ
ރީނދޫ ހިތަކާއެކު، ފިލްމީ ތަރި މަރިޔަމް ނިޝާގެ ތަހުނިޔާ ދިވެހިންނަށް
ދިވެހި ރާއްޖޭގެ ކުރީގެ ފިލްމީތަރި މަރިޔަމް ނިޝާ ދިވެހިންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކޮށްފިއެވެ.

ޒަމާންތަކަކަށްފަހު މަރިޔަން ނިޝާ ދިވެހިންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުވާފައިވާއިރު، އޭނާގެ ގިނަ ފޭނުން ވަނީ އޭނާއަށް ވެސް ރައްދުގައި ތަހުނިޔާ ކިޔާފައެވެ. 

"މިނިވަން ދުވަހުގެ ތަހުނިޔާ އެންމެހާ ލޮބުވެދި ދިވެހި ރައްޔިތުންނަށް އަރިސްކުރަން،" ރީނދޫކުލައިގެ ހިތެއް ޖަހާފައި އިން އެމޯޖީއަކާއެކު މަރިންނިޝާ މިއަދު ޓުވިޓާގައި ބުނެފައިވެއެވެ. 

މަރިޔަމް ނިޝާ ގެންދަނީ އެމްޑީޕީގެ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ކުރައްވައި ކެންޕޭނުވެސް ކުރަމުންނެވެ. 

މަރިޔަމް ނިޝާއަކީ 90 ގެ އަހަރުތަކުގައި ދިވެހިރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމީތަރިއެވެ. އޭނާ ކުޅުނު އެންމެ މަޝްހޫރު އެއް ފިލްމަކީ 'ފަތިސް ހަނދުވަރު' އެވެ. ފަތިސްހަނދުވަރުގައި މަރިޔަމް ނިޝާއާއެކު ފެންނަ ރީކޯ މޫސަވެސް ގެންދަވަނީ ރައީސް ސާލިހާއެކު ކެންޕޭނު ދަތުރުތަކެއް ކުރައްވަމުންނެވެ. 

47%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް