ads
ކުދިންތައް ރައީސް ވަށާލާފައި: ފޮޓޯ ރައީސް އޮފީސް
ކުދިންތައް ރައީސް ސާލިހު ވަށާލުން: ފެނުނީ އޯގާތެރިކަމާއި ލޯބި
މިނިވަން ދުވަހުގެ ކުޅިވަރުތަކައް ރޭ ގަލޮޅު ދަނޑުގައި ފޯރި ގަދަކޮށް ކުރިއަށް ދިޔައެވެ. ހުރިހާ ކުޅިވަރެއްވެސް ޗާލުވެފައި ފޯރި ގަދަވިނަމަވެސް، ގިނަބައެއްގެ ސަމާލުކަން ހުއްޓުނީ ރައީސް ސާލިހު ވަށާލައި ކުޑަކުދިންތައް އެމަނިކުފާނާ ސަލާންކުރަން ބަހައްޓާފައި ހުރި ފޯރިންނެެވެ.

ކުދިންތައް އެއްފަހަރާ އެއްވެ ރައީސްއާ ސަލާންކުރަން ވަށާލިއިރު ރައީސް ސާލިހު ހުންނެވީ ދަނޑުގައި އެއްވެސް ޖެހިލުމެއް ނެތި އެކުދިންނާ ސަލާންކުރައްވާށެވެ. 

މަންޒަރުތައް ފެންނަގޮތުން ކުޅިވަރުތައް ބައްލަވާލެއްވުމަށްފަހު ރައީސް ގެންދެވީ ކުޑަކުދިންނާ ވާހަކަދައްކަވައި ސަލާން ކުރައްވަމުންނެވެ. ނަމަވެސް، އެ ކުދިންގެ ފޯރި ގަދަވެ، އެކުދިން ރައީސް ވަށާލިއެވެ. އަދި ރައީސް އާ ސަލާންކުރަން ބައެއް ކުދިން ދިޔައީ އެއްކުއްޖަކު އަނެއްކުއްޖެއްގެ ބޯމަތިން ވެސް އަތް ދިއްކުރަމުންނެވެ. 

ބައެއް މީހުން ވަނީ އެއްފަހަރާ އެހާ ބައިވެރި ކުދިން އައުމުން ވެސް ރައީސް އަމަލުކުރެއްވި ގޮތައް ތައުރީފުކޮށްފައެވެ. ސަބަބަކީ ރައީސަކު ވަށާލައި މިގޮތައް ގިނަބަޔަކު އެއްވުމަކީ ނުރައްކާތެރިވެސް ކަމެކެވެ. ނަމަވެސް މިކަމަށް ތައުރީފު ކުރި ބައެއް މީހުން ބުނީ މިކަމުން ދޭހަވަނީ ރައީސް ސާލިހުގެ 'އޯގާތެރިކަން' ކަމަށެވެ. 

ރައީސް ސާލިހަށް ކުޑަކުދިންގެ ތަރުހީބު އޮތްވަރު ފެނި ބައެއް މީހުން ވަނީ ފާޑުވެސް ކިޔާފައެވެ. ފާޑުކިޔާ މީހުން ބުނަނީ މިއީ ކެންޕޭނު 'ސްޓަންޓެއް' ކަމަށެވެ. 

ނަމަވެސް އެއީ ކެންޕޭނު ސްޓަންޓަށްކުވެރެ ބޮޑަށް ރައީސް ސާލިހަށް ކުޑަކުދިންގެ ހިތްތަކުގައި އޮތް ލޯބި ދައްކުވައިދޭ ކަމެއްގެ ގޮތުގައި ފެނުނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް