
ފިނޭންސް މިނިސްޓްރީން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ޓީބިލް ވިއްކުމަށް ވަނީ ހުޅުވާލާފައި - ފޮޓޯ:އަވަސް
އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ޓީ ބިލް ވިއްކުމަށް ހުޅުވާލައިފި
މުހައްމަދު އަތީފް
27 ޖުލައި 2023 - 13:16:16
ސަރުކާރުގެ ފަރާތުން އެއް ބިލިއަން ރުފިޔާއަށް ވުރެ ގިނަ ޓްރެޝަރީ ބިލް (ޓީ ބިލް) ވިއްކުމަށް ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން ވިއްކުމަށް ހުޅުވާލާފައިވަނީ ހަތަރު ޓީ ބިލެކެވެ. އެ ގޮތުން އެ މިނިސްޓްރީން އިއުލާނުކޮށްފައިވަނީ:
- 28 ދުވަހުން އަނބުރާ ދެއްކުމަށް - 988 މިލިއަން ރުފިޔާގެ ޓީ ބިލެއް
- 98 ދުވަހުން ދެއްކުމަށް - 167 މިލިއަން ރުފިޔާގެ ޓީ ބިލެއް
- 182 ދުވަހުން ދެއްކުމަށް - 160 މިލިއަން ރުފިޔާގެ ޓީ ބިލެއް
- 364 ދުވަހުން ދެއްކުމަށް - 344.6 މިލިއަން ރުފިޔާގެ ޓީ ބިލެއް
މި މަހުގެ 31 ވާ ހޯމަ ދުވަހަކީ މި ބިލުތަކުގެ ސެޓްލްމަންޓް ދުވަސް ކަމުގައި ކަނޑައަޅާފައިވާއިރު، ޓީ ބިލުތަކުގެ އިންޓްރަސްޓް ރޭޓް ހުރީ 3.50 އިންސައްތަ އާއި 4.60 އިންސައްތަ އާ ދެމެދުގައެވެ.
ޓީ ބިލުތަކުގެ އިންޓްރަސްޓް ރޭޓް ހުރިގޮތް:
- 988 މިލިއަން ރުފިޔާގެ ޓީ ބިލް - 3.50 އިންސައްތަ
- 167 މިލިއަން ރުފިޔާގެ ޓީ ބިލް - 3.87 އިންސައްތަ
- 160 މިލިއަން ރުފިޔާގެ ޓީ ބިލް - 4.23 އިންސައްތަ
- 344.6 ބިލިއަން ރުފިޔާގެ ޓީ ބިލް - 4.60 އިންސައްތަ
އާންމުގޮތެއްގައި ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން ބައެއް ބޭންކްތަކުންނެވެ. އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީ ބިލް ގަނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް