މީގެ ތެރޭގައި މިހާރުވެސް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންގެ ފައުންޑޭޝަން ތަކާއި ޖަމިއްޔާތައް ވެސް ހިމެނެއެވެ.
ޔޫތު މިނިސްޓްރީއިން ކުރައްވައިފައިވާ އިއުލާނެއްގައި ބުނީ 2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީ ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީ ކޮށްފައި ނުވާތީ 1989 ޖަމިއްޔާ އުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެޖަމިއްޔާތަކުގެ ލިސްޓުވެސް އެމިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ.
މި އިއުލާނުގައި ބުނެފައިވަނީ، މި ޖަމިއްޔާތަކުގެ ތެރެއިން އެ ޖަމިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދޭ ޖަމިއްޔާ ތަކުން، އެ ޖަމިއްޔާގެ މެންބަރަކަށް ނުވަތަ މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ޖަމިއްޔާތަކުގެ ރަޖިސްޓްރާރ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު 24 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް އޮތްކަމަށެވެ.
އިންއެކްޓިވް ޖަމިއްޔާތައް އުވާލުމަށް ނިންމާ ލިސްޓު އާއްމުކޮށްފައި މިވަނީ އެ ޖަމިއްޔާތަކަށް ލިޔެކިޔުން ފުރިހަމަ ކުރުމަށްޓަކައި މިދިޔަ އަހަރު ޑިސެމްބަރު މަހުވެސް އިތުރު ފުރުސަތެއް ދިނުމަށް ފަހުއެވެ.