ads
ވޮލީ އެސޯސިއޭޝަންގެ ރައީސް
ވޮލީބޯޅަ އެސޯސިއޭޝަން އުވާލަނީ
ލިޔެކިޔުން ހަމަނުވެގެން އުވާލާން އިއުލާންކޮށްފައިވާ 1989 ޖަމިއްޔާގެ ތެރޭގައި ވޮލީ ބޯޅަ އެސޯސިއޭޝަން ހިމެނިއްޖެއެވެ.
Advertisement

ލިޔެކިޔުން ހަމަނުވެގެން އުވާލާން އިއުލާންކޮށްފައިވާ 1989 ޖަމިއްޔާގެ ތެރޭގައި ވޮލީ ބޯޅަ އެސޯސިއޭޝަން ހިމެނިފައިވާއިރު، ޔޫތު މިނިސްޓްރީއިން ބުނީ މިއީ 2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީ ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީ ކޮށްފައި ނުވާ 1989 ޖަމިއްޔާ ޖަމިއްޔާ ކަމަށެވެ.

ވޮލީ ބޯޅަ އެސޯސިއޭޝަންވެސް މި ލިސްޓުގައި ހިމެނި އުވާލަން އިއުލާންކޮށްފައިވާއިރު، މި އިއުލާނުގައި ބުނެފައިވަނީ، މި ޖަމިއްޔާތަކުގެ ތެރެއިން އެ ޖަމިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދޭ ޖަމިއްޔާ ތަކުން، އެ ޖަމިއްޔާގެ މެންބަރަކަށް ނުވަތަ މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ޖަމިއްޔާތަކުގެ ރަޖިސްޓްރާރ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު 24 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް އޮތްކަމަށެވެ.

އިންއެކްޓިވް ޖަމިއްޔާތައް އުވާލުމަށް ނިންމާ ލިސްޓު އާއްމުކޮށްފައި މިވަނީ އެ ޖަމިއްޔާތަކަށް ލިޔެކިޔުން ފުރިހަމަ ކުރުމަށްޓަކައި މިދިޔަ އަހަރު ޑިސެމްބަރު މަހުވެސް އިތުރު ފުރުސަތެއް ދިނުމަށް ފަހުއެވެ.

ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(ވީއޭއެމް)ގެ ހިންގުން ދޯދިޔާވެ ކްލަބްތަކުން ދާނެ ދިމާލެއް ނޭނގި، ދާނެ މިސްރާބެއް ނޭނގި، ދެން ހަދަންވީ ގޮތެއް ނޭނގި ތިބެން ޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަންގެ ފުރަތަމަ އިންތިޚާބީ ރައީސް މުހައްމަދު ރިޔާޒް(ރިޔާ) ދާދި ފަހުންވަނީ ވިދާޅުވެފައެވެ. ވޮލީބޯޅަ އެސޯސިއޭޝަން ގަވާއިދާ ޚިލާފަށް ހިންގާތާ ގާތް ގަނޑަކަށް ތިން އަހަރު ވެފައިވާ ކަމަށް ވޮލީގެ ބައެއް ހިދުމަތްތެރިންވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް