ads
ރާއްޖެއާ ބަންގްލަދޭޝް ސާފް ޗެމްޕިއަންޝިޕްގައި
ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއާ ބަންގްލަދޭޝް ކުޅެން ޖެހިއްޖެ
ވޯލްޑް ކަޕް 2026 ގެ ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ރާއްޖޭން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެން ޖެހިއްޖެއެވެ.

ޕްރިލިމިނަރީ ބުރުގެ ފުރަތަމަ މެޗު ލެގް އޮންނާނީ އޮކްޓޯބަރު 12 ގަ އެވެ. ރާއްޖެ އާއި ބަންގްލަދޭޝްގެ ފުރަތަމަ ލެގް ކުޅޭނީ މާލޭގަ އެވެ. ދެވަނަ ލެގް އޮންނާނީ އޮކްޓޯބަރު 17 ގަ އެވެ. އެ މެޗު ކުޅޭނީ ބަންގްލަދޭޝްގަ އެވެ.

މި މަހު އިންޑިއާގައި ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ރާއްޖެ ވަނީ ބަލިވެފަ އެވެ. އެއީ އެ މުބާރާތުގައި 20 އަހަރަށް ފަހު ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ. އޭގެ ކުރިން 2021 ވަނަ އަހަރު ލަންކާގައި އޮތް ފޯ ނޭޝަންސް ކަޕުގައިވެސް ރާއްޖެ ބަންގްލަދޭޝް އަތުން ބަލިވިއެވެ. އެކަމަކު އޭގެ ފަހުން މާލޭގައި ކުޅުނު ފްރެންޑްލީ މެޗަކުން ރާއްޖެ ބަންގްލަދޭޝް އަތުން މޮޅުވިއެވެ.

ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ޕްރިލިމިނަރީގައި ދެކުނު އޭޝިއާގެ ހަތަރު ގައުމު ހިމެނެ އެވެ. ޕާކިސްތާނުން ކެމްބޯޑިއާއާ ދެކޮޅަށް ނުކުންނަން ޖެހޭއިރު، ބޫޓާން ކުޅޭނީ ހޮންގް ކޮންގާ ދެކޮޅަށެވެ. އަދި ނޭޕާލް ނުކުންނާނީ ލާއޯސްއާ ދެކޮޅަށެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް