ads
ލަންކާ ކީޕަރު ސުޖަން
ޝަރުތުތަކަކާއެކު ލަންކާއަށް ފީފާއިން ފުރުސަތު ދެނީ
ފީފާ އިން ސަސްޕެންޑް ކޮށްފައިވާ އަވައްޓެރި ސްރީލަންކާއަށް، ހަރުކަށި ޝަރުތުތަކާ އެކު ވޯލްޑް ކަޕް ކޮލިފައިންގައި ބައިވެރިވުމުގެ ފުރުސަތު ދީފިއެވެ.

ފީފާއިން ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކުރީ މިއަހަރުގެ ކުރީކޮޅުއެވެ. ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކުރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވާ ކަމަށް ބުނެ އެވެ. ފީފާ ލަންކާ ސަސްޕެންޑް ކުރީ ޖަނަވަރީ 14 ވަނަ ދުވަހު ބޭއްވި ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުގެ އިންތިހާބާ ގުޅޭ މައްސަލަތަކެއް ބެލުމަށް ފަހު އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގެ ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު 12 ވަނަ ދުވަހު އެވެ. އަދި ދެވަނަ ލެގު ކުޅެން ތާވަލް ކޮށްފައި ވަނީ އޮކްޓޫބަރު 17 ގައެވެ. މި މެޗުތަކުގައި ވާދަކުރުމަށް ފީފާއިން ލަންކާގެ ފެޑެރޭޝަނަށް ކުރި ޝަރުތަކީ، ކޮލިފައިންގެ ފުރަތަމަ މެޗު ކުޅެން އޮތް ތާރީހަށް ވުރެ އެންމެ ލަސް ވެގެން 10 ދުވަސް ކުރިން ފެޑެރޭޝަންގެ މިނިވަން އިންތިހާބެއް ބޭއްވުމެވެ. 

އެ ޝަރުތު ފުރިހަމަ ނުކުރެވޭ ނަމަ ކޮލިފައިންގައި ކުލުމުގެ ފުރުސަތެއް ނުލިބޭނެ އެވެ. ލަންކާގެ ސްޕޯޓްސް މިނިސްޓަރު ރޯޝަން ރަނަސިންހްގެ ވަނީ އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބު ބޭއްވުމަށް ތިން މެމްބަރުންގެ ކޮމިޓީ އެއް މިދިޔަ އަންގާރަ ދުވަހު އެކުލަވާލައިފަ އެވެ.

ފީފާއިން ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނަށް އަންގާފައިވަނީ ފީފާގެ މެމްބަރެއްގެ ގޮތުގައި ދެމި އޮތުމަށް، ފުރިހަމަވާން ޖެހޭ ޝަރުތުތައް މި ވަގުތު ސްރީ ލަންކާ ފެޑެރޭޝަނުގައި ހަމަވެފައި ނެތްކަން، ފީފާގެ ކައުންސިލަށް ސާބިތުވާތީއާ އެކު، މުއްދަތެއް ނެތް ގޮތަށް ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަން ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ. ސަސްޕެންޝަނާ ހުރެ މި މަހު ނިމުނު ސާފް ޗެމްޕިއަންޝިޕުގައިވެސް ލަންކާ ނުކުޅެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް