ލިޔެކިޔުން ހަމަނުވެގެން އުވާލާން އިއުލާންކޮށްފައިވާ 1989 ޖަމިއްޔާގެ ތެރޭގައި ވިކްޓްރީ ސްޕޯޓްސް ކްލަބު، ވެލެންސިޔާ ޔުނައިޓެޑް ވިކްޓްރީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް، އީގަލްސް، އަދި ގްރީން ސްޓްރީޓްސް ވެސް ހިމެނެއެވެ.
ޔޫތު މިނިސްޓްރީއިން ބުނީ މިއީ 2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީ ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީ ކޮށްފައި ނުވާ 1989 ޖަމިއްޔާ ޖަމިއްޔާ ކަމަށެވެ.
ރާއްޖޭގެ ދުވަސްވީ ބައެއް ކްލަބުތަކަށް މި ލިސްޓުގައި ހިމެނި އުވާލަން އިއުލާންކޮށްފައިވާއިރު، މި އިއުލާނުގައި ބުނެފައިވަނީ، މި ޖަމިއްޔާތަކުގެ ތެރެއިން އެ ޖަމިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދޭ ޖަމިއްޔާ ތަކުން، އެ ޖަމިއްޔާގެ މެންބަރަކަށް ނުވަތަ މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ޖަމިއްޔާތަކުގެ ރަޖިސްޓްރާރ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު 24 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް އޮތްކަމަށެވެ.
އިންއެކްޓިވް ޖަމިއްޔާތައް އުވާލުމަށް ނިންމާ ލިސްޓު އާއްމުކޮށްފައި މިވަނީ އެ ޖަމިއްޔާތަކަށް ލިޔެކިޔުން ފުރިހަމަ ކުރުމަށްޓަކައި މިދިޔަ އަހަރު ޑިސެމްބަރު މަހުވެސް އިތުރު ފުރުސަތެއް ދިނުމަށް ފަހުއެވެ.