ads
މޫލީ މިނިވަން ސޭލް: ދިވެހި އުފެއްދުންތަކުން 10 އިންސައްތަ ޑިސްކައުންޓާ އެކު މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީކޮށްދެނީ - ފޮޓޯ:އުރީދޫ
މޫލީ މިނިވަން ސޭލް: ދިވެހި އުފެއްދުންތަކުން %10 ޑިސްކައުންޓާ އެކު ޑެލިވަރީ
ރާއްޖޭގެ ބްރޭންޑްތައް ކަމަށްވާ ތަކެތި، މާހީ މާހީ ބުކްސް، ޕެޕާ ޑޮޓްސް، ކައިޝީ އަދި ލުއިކާނާ ފަދަ ބްރޭންޑްތަކުން ހާއްސަ ޑިސްކައުންޓަކާ އެކު މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދޭ ސޭލެއް މޫލީއިން ފަށައިފިއެވެ.

"މޫލީ މިނިވަން ސޭލް" ގެ ނަމުގައި ކުރިއަށް ގެންދާ މި ސޭލްގައި ހިމަނާފައިވާ ދިވެހި އުފެއްދުންތަކުން 10 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ. އުރީދޫން ބުނީ މި ސޭލް ކުރިއަށް ދާނީ މި މަހުގެ ނިޔަލަށް ކަމަށެވެ.
ތަކެތި:
ތަކެތިއަކީ ހުރިހާ އުމުރެއްގެ ކުދިންނަށް ހާއްސަކޮށްގެން އިންޓަރެކްޓިވް ތައުލީމީ ޕްރޮޑަކްޓްތަކެއް ފޯރުކޮށްދޭ ވިޔަފާރިއެކެވެ. ކުޑަކުދިންގެ ފޮތްތަކުން ފެށިގެން ތައުލީމީ ގޭމުތަކާ އެކު ކުޑަކުދިންގެ ވިސްނުން އިތުރަށް މުއްސަނދިކޮށްދޭ ޕްރޮޑަކްޓްތައް ތަކެތިން ވަނީ މާކެޓަށް ނެރެފައެވެ. ތާނާ ކޯޑި، އަލިފް ބާ ޕޯސްޓަ، އަހަރެންނަކީ ފެހުރިއްސެއް ފަދަ އުފެއްދުންތައް މިހާރު މިނިވަން ސޭލް މެދުވެރިކޮށް ގަނެ، ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަ ކޮށްލެވޭނެ ކަމަށް އުރީދޫން ބުނެއެވެ. މޫލީ މިނިވަން ސޭލް މެދުވެރިކޮށް ތަކެތީގެ އުފެއްދުންތައް ގަތުމަށް https://mool.ee/Thakethi ޒިޔާރަތްކޮށްލާށެވެ.
މާހީ މާހީ ބުކްސް - ދިވެހި ތައުލީމީ ފޮތްތައް:
މާހީ މާހީ ބުކްސްއަކީ ކުޑަކުދިންނަށް ހާއްސަކޮށްގެން ދިވެހި ތައުލީމީ ފޮތްތަކުގެ ހަޒާނާއެއް ގެނެސްދޭ ވިޔަފާރިއެކެވެ. އުރީދޫން ބުނި ގޮތުގައި ރާޅެއް ލިބޭތޯ، ހުރިހާ އެއްޗެއް ހެއްދެވީ الله ފަދަ މަގުބޫލު ފޮތްތައް މާހީ މާހީއިން ވަނީ 10 އިންސައްތަ ޑިސްކައުންޓާ އެކު މޫލީ މިނިވަން ސޭލްގައި ފީޗަކޮށްފައި ކަމުގައެވެ. ސޭލް މެދުވެރިކޮށް މާހީ މާހީ ބުކްސް ގަތުމަށް https://mool.ee/Thakethi ޒިޔާރަތްކޮށްލާށެވެ.
ޕެޕަ ޑޮޓްސް އާއެކު ކަނޑުގެ ރީތިކަން:
ޕެޕަ ޑޮޓްސްއަކީ ކަނޑުއަޑީގެ ދިރުންތަކުން އިންސްޕަޔާވެގެން އަތުގައި އަޅާ ކެވެލި، ކީ ޓެގް، ސޮފްޓް ޓޯއީސް، ޕަޒްލް އަދި ފާރުގައި އަޅުވާ ތަކެތި ފަދަ ހިތްގައިމު ކަލެކްޝަނެއް ނެރެފައިވާ ވިޔަފާރިއެކެވެ. ޕެޕަ ޑޮޓްސްގެ ކޮންމެ ޕްރޮޑަކްޓަކީ ތަފާތު އަދި ދިވެހިވަންތަކަން ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. މޫލީ މިނިވަން ސޭލްގައި 10 އިންސައްތަ ޑިސްކައުންޓާ އެކު ދިމާކުރާމާ ގޭމް، މޫދު ޕަޒްލް، ކަމަނަ ޕަޒްލް ފަދަ ޕެޕަ ޑޮޓްސްގެ އުފެއްދުންތައް މިހާރު ގަނެވޭނެ ކަމަށް އުރީދޫން ބުނެއެވެ. މި އުފެއްދުންތައް ގަތުމަށް https://mool.ee/pepperdots ޒިޔާރަތްކޮށްލާށެވެ.
ދުޅަހެޔޮ އިސްތަށިގަނޑެއް އަދި ހަންގަނޑު އޮމާންކޮށް ބެހެއްޓުމަށް ކައިޝީ ކާށި ތެޔޮ:
ފެންވަރު ރަނގަޅު އަދި ހެޔޮ އަގުގައި ކާށި ތެޔޮ ފޯރުކޮށްދޭ މަޝްހޫރު ދިވެހި ވިޔަފާރިއެއް ކަމަށްވާ ކައިޝީގެ ކާށި ތެލަކީ ދުޅަހެޔޮ އިސްތަށިގަނޑަކާއި ހަމުގެ ރީތިކަން ދެމެހެއްޓުމަށް މަގުބޫލުކަން ހޯދާފައިވާ ތެލެކެވެ. އުރީދޫން ބުނީ މިހާރު 10 އިންސައްތަ ޑިސްކައުންޓާ އެކު މޫލީ މިނިވަން ސޭލް މެދުވެރިކޮށް https://mool.ee/kaishi ކައިޝީގެ ކާށި ތެޔޮ ގަނެވޭނެ ކަމަށެވެ.
ލުއިކާނާ އާއެކު ދިވެހި ރަހަތައް:
ދިވެހި ރަހަތައް އުފައްދާ މަޝްހޫރު ކުންފުނި ލުއިކާނާއިން މޫލީ މިނިވަން ސޭލްގައި އެ ކުންފުނީގެ އުފެއްދުންތަކުން 10 އިންސައްތައިގެ ހާއްސަ ޑިސްކައުންޓެއް ކަސްޓަމަރުންނަށް ފޯރުކޮށްދެއެވެ. ކުދި ގުޅަ، ކުޅި ކާޖާ، އަތުޖެހި، މުރު މުރު، ފޮނި މާ، ބޮނޑި ފަދަ އުފެއްދުންތައް މޫލީ މިނިވަން ސޭލް މެދުވެރިކޮށް ގަތުމަށް https://mool.ee/luikaana ޒިޔާރަތްކޮށްލާށެވެ.
މޫލީ މިނިވަން ސޭލްއިން ދިވެހި އުފެއްދުންތައް ގަތުމަށް https://mool.ee/minivansale ޒިޔާރަތްކޮށްލާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް