ads
ކ.ހުރާ
ކ.އަތޮޅު ހުރާ އިން 150 ބަންޑާރަ ގޯތި ދޫކުރަނީ
ކ.އަތޮޅު ހުރާ އިން އަންނަ އޯގަސްޓް މަހު 150 ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އީސާ އަހުމަދު ވިދާޅުވެއްޖެއެވެ.
Advertisement

ސީއެންއެމް ޓީވީއިން ރާއްޖޭގެ ޚަބަރުތައް ގެނެސްދިނުމަށް ކޮންމެ ދުވަހަކުހަވީރު ގެނެސްދެމުންދާ "ރަށު ހަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ، މިގޯތިތައް ދޫކުރުމަށް ބޭނުންވާ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ދާކަމަށެވެ.

މިގޯތިތަކަށް ކުރިމަތި ލެވޭނީ ހަމައެކަނި ހުރާގެ ރައްޔިތުންނަށް އެކަނި ނޫންކަމަށާއި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުންވެސް މި ގޯތިތަކަށް ކުރިމަތި ލެވޭނެކަމަށްވެސް އީސާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އީސާ ވިދާޅުވީ، ރަށެއް ކުރިއަރާނީ އެރަށެއްގެ އާބާދީ އިތުރުވުމުން ކަމަށް ގަބޫލުކުރާ ކަމަށާއި، މިހާރުވެސް ހުރާގައިދިރިއުޅޭ އާބާދީ 3000 އާއި ގާތްކުރާ ކަމަށާއި، އެހެންނަމަވެސް އީސަ ތަސައްވަރުކުރާ ތަރައްގީ އަދި ހުރާގެ ރައްޔިތުން ތަސައްވުރު ކުރާ ތަރައްގީ ގެނައުމަށްޓަކައި، އަދި މިއަށްވުރެ ވެސް ރަށުގައި ދިރިއުޅޭ އާބާދީ އިތުރުވާންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. ރަށުން ބޭރު މީހުންނަށް ކުރިމަތި ލެވޭ ގޮތަށް ގޯތިތައް ދޫކުރުމުގެ ވިސްނުމަކީ ވެސް ރަށުގައި ދިރިއުޅޭ އާބާދީ މިހާރަށް ވުރެ އިތުރުކުރުމަށް ރަށު ކައުންސިލުން ގެންގުޅޭ ވިސްނުމުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށް ވެސް އީސާ ވިދާޅުވިއެވެ. 

އީސާ ގަބޫލުކުރައްވާ ގޮތުން ރަށުން ހިއްކާފައިވާ ސަރަހައްދާއެކު، އެރަށުގައި ބިމުގެ ދަތިކަމެއް އޮތްކަމަށް ނުދެކޭކަމަށާއި، އަދި ލޭންޑް ޔޫސް ޕްލޭންވެސް ލޯކަލް ގަވަންމެންޓް އޮތޯރިޓީ އާއި، ސަރުކާރުގެ އެހެނިހެން ވުޒާރާތަކުންވެސް އެޕްރޫވް ކޮށްފައިވާތީވެ، ގޯތިތައް ދިނުމުގައި އެއްވެސް މައްސަލައެއް ކުރިމަތި ވާނެކަމަށް ދެކިނުލައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އަންނަމަހު ދޫކުރުމަށް ހަމަޖެހިފައިވާ 150 ގޯތީގެ އިތުރުން ފަތުރުވެރިކަމަށް ހާއްސަކޮށް ބިޑް އުސޫލުން ދޫކުރެވޭ 25 ބިމަކާއި، އަދި އެކި ސިނާއީ ބޭނުންތަކަށް ވިއްކުމަށް ހަމަޖެހިފައިވާ 19 ބިމަކަށް ކުރިމަތިލުމަށް ހުޅުވާލެވޭނެކަމަށްވެސް އީސާ ވިދާޅުވިއެވެ.

ކ.ހުރާ އަކީ ބޮޑުމިނުގައި 58 ހެކްޓަރުގެ ބިން އެކުލެވޭ ރަށެކެވެ. ރެޖިސްޓްރީ އާބާދީގައި 1500 އެއްހާ މީހުން އުޅުނަސް، ރަށުގެ ދިރިއުޅޭ އާބާދީ އަކީ ގާތްގަނޑަކަށް 3000 ކަމަށް، ކައުންސިލް ރައީސް އީސާ ވިދާޅުވެފައިވެއެވެ. ފަތުރުވެރިކަމަށް މަޝްހޫރު ހުރާގައި މިހާރުވެސް 17 ތަނެއްގައި ފަތުރުވެރިންނަށް ޚިދުމަތް ދެވެމުންދާއިރު، ކޮންމެ ހަފްތާ ބަންދެއްގައި ގާތްގަނޑަކަށް 1000 އާއި ގާތްކުރާ އަދަދަކަށް މީހުން އެރަށަށް ޒިޔާރާތްކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

79%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް