ގިނަ އަދަދެއްގެ ޖަމިއްޔާތަކެއް އުވާލުމަށް ނިންމާއެކަން ޔޫތު މިނިސްޓްރީން އިއުލާނުކޮށްފައިވާއިރު މިނިސްޓަރު މަހްލޫފް ވިދާޅުވީ ޖަމިއްޔާތައް އުވާލަން އާއްމުކޮށްފައިވާކަން އެމަނިކުފާނަށްވެސް ފެނިވަޑައިގަތީ ނޫސްތަކުންކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އޭގެތެރޭގައި ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް ހިމެނޭ ކަމަށެވެ.
އުވާލުމަށް ނިންމާ އިއުލާން ކޮށްފައިވާ ޖަމިއްޔާތަކުގެ ލިސްޓުގައި ކުރީގެ ރައީސް މައުމޫންގެ މައުމޫން ފައުންޑޭޝަނާއި ސަލަފް ޖަމްއިއްޔާވެސް ހިމެނެއެވެ. މިދެ ޖަމިއްޔާ ހިމެނޭހެން ޖުމްލަ 1989 ޖަމިއްޔާއެއް އުވާލަން އެ މިނިސްޓްރީ އިން އިއުލާން ކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.