ads
ޑރ. ރޮބަޓް ހެޑެން
ބަލި މީހުންނަށް ޖިންސީ ގޯނާކުރި އެމެރިކާގެ އަންހެނުންގެ ޑޮކްޓަރު 20 އަހަރަށް ޖަލަށް
ކުރީގެ އަންހެނުންގެ ޑޮކްޓަރެއް ކަމަށްވާ ރޮބަޓް ހެޑެން އަށް 20 އަހަރަށް ޖަލަށް ލުމަށް އެމެރިކާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
Advertisement

އޭނާ ޖަލަށް ލާން ހުކުމް ހުރީ ދިހަ ވަރަކަށް ބަލިމީހުންނަށް ޖިންސީ ގޯނާ ކުރި މައްސަލަ ސާބިތުވުމުންނެވެ. 

ހަޑެންގެ މައްޗަށް ޖިންސީ ގޯނާގެ ހަތަރު ދައުވާއެއް ސާބިތުވެފައިވާއިރު އޭގެ ތެރޭގައި ޖިންސީ ގޯނާގެ އެއް ދައުވާ ހިމެނެ އެވެ.

ކޮލަމްބިއާ ޔުނިވާސިޓީ އަރވިންގް މެޑިކަލް ސެންޓަރާއި ނިއުޔޯކް-ޕްރެސްބިޓިއަރިއަން ހޮސްޕިޓަލުގައި 1993 އާއި 2012 އާ ދެމެދު ގައިނެކޮލޮޖިކަލް ތަހުލީލުތަކުގައި ހެޑެން އޭނާގެ ބަލިމީހުންނަށް އަނިޔާކުރިއިރު، ގިނަ ފަހަރަށް ބަލިމީހުންގެ އުރަމައްޗާއި ޖިންސީ ގުނަވަންތަކުގައި އަތްލާއިރު، އެކަށީގެން ނުވާ ވާހަކަތައް ދައްކާފައިވާކަަމަށް ރިޕޯޓުތައް ބުނެއެވެ. 

ހަޑެންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެމެރިކާގެ އެޓާނީ އޮފީހުން ނިއުޔޯކުގެ ދެކުނު ދާއިރާގެ މެންބަރުންނެވެ. އެމެރިކާގެ ވަކީލު ޑޭމިއަން ވިލިއަމްސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހެޑެންގެ "ޖަރީމާތަކަކީ ހައްދުފަހަނަޅާފައިވާ ޖަރީމާތަކެއް" ކަމަށެވެ.

އެ މައްސަލާގައި ޝިކާރައަކަށް ވެފައިވާ މީހުން ބުނެފައިވަނީ ހައްދުން ޖަލު ހުކުމް އިއްވާފައިވާތީ އެކަމަށް ލުއި ލިބޭ ކަމަށެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް