ads
ސްޕޭސް އެކްސް އިން ފޮނުވާލި ރޮކެޓު
އެލަން މަސްކު ފޮނުވާލި ރޮކެޓަކުން ދުނިޔޭގައި ބާގަނޑެއްއުފެދިއްޖެ
އެލަން މަސްކުގެ ސްޕޭސް އެކްސް ރޮކެޓެއް ފޮނުވާލުމުގެ ސަބަބުން ދުނިޔޭގެ ޖައްވުގެ ފަށަލައެއްގައި ބާގަނޑެއް އުފެދިއްޖެއެވެ.

މި ރޮކެޓު ފޮނުވާލާފައިވަނީ ކެލިފޯނިއާގެ ވެންޑަންބަރގް ސްޕޭސް ފޯސް ބޭސް އިންނެވެ.  ރޮކެޓުގެ ނަމަކީ ސްޕޭސްއެކްސް ފެލްކަން 9 އެވެ. މި ރޮކެޓުަކީ އެމެރިކާގެ ނޭޝަނަލް ރިކޮނައިސަންސް އޮފީހަށް މުވާސަލާތީ ސެޓެލައިޓެއް ހިފައިގެން ދިޔަ ރޮކެޓެކެވެ.

ރޮކެޓްގެ އެގްޒޯސްޓްގެ ސަބަބުން ދުނިޔޭގެ ޖައްވުގެ ފަށަލައަކީ ޗާޖުކޮށްފައިވާ ޕާރޓިކަލްތަކުން ފުރިފައިވާ ފަށަލައެއް ކަމަށްވާ އަޔަނޯސްފިއާގައި ވަގުތީ ވަޅެއް އުފެދިގެން ދިޔައެވެ. އެ ވަޅުގެ ފުޅާމިނަކީ ގާތްގަނޑަކަށް 50 މޭލު ކަމަށާއި ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން ވަޅުގަނޑު އުފެދިފައި ހުރިކަމަށް ރިޕޯޓުތައް ބުނެއެވެ.

your imageއިލޮން މަސްކް --- ފޮޓޯ: ޓެސްލަރާޓީ

މި ލޯވަޅު އުފެދުނީ ރޮކެޓްގެ އެގްޒޯސްޓްގެ ބާރު ދުވެލީގެ ސަބަބުންނެވެ. އެގްޒޯސްޓް ޕާޓިކަލްތައް އަޔަނޯސްފިއާގެ އިލެކްޓްރޯންތަކާ ޖެހި، އެ ޕާޓިކަލްތައް ދުނިޔޭގެ އޯބިޓުން ބޭރަށް ދިޔައެވެ. މިކަމުގެ ސަބަބުން އަޔަނޯސްފިއާގައި ވަގުތީ ހުސްކަމެއް އުފެދި، ރޭޑިއޯ ސިގްނަލްތަކަށް ބުރޫ އެރިއެވެ. 

އަޔަނޯސްފިއާގެ ވަޅުގަނޑުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް މާބޮޑު އަސަރެއް ނުކުރެއެވެ. ނަމަވެސް އެކަމުގެ ސަބަބުން ރޭޑިއޯ ސިގްނަލްތަކަށް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ކުރިމަތިވިއެވެ. ބައެއް ރޭޑިއޯ އޮޕަރޭޓަރުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލޯވަޅު ހުރި ވަގުތު ސިގްނަލް ގެއްލުމެއް ނުވަތަ އިންޓަފެރެންސް އެއް ކުރިމަތިވިއެވެ.

21%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
79%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް